ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު ) ޕްރީ ސްކޫލް މަސައްކަތު)
މިއިދާރާއިން ހިންގަމުންގެންދާ ޕްރީ ސްކޫލްގައި މަސައްކަތްކުރާނެ މަސައްކަތު މީހަކު ބޭނުންވެއްޖެއެވެ.
- މަޤާމުގެ މުސާރަ: މަހަކު 2883.00 ރުފިޔާ
- އެލަވެންސް : މަހަކު 1000.00 ރުފިޔާ
- ސަޕޯޓިންގކޯއެލެވެންސް: 1200.00 ރިފިޔާ
- މިނިމަމްވޭޖް އެލެވެންސް: 1917.00 ރުފިޔާ
- ރަމަޟާންމަހުގެ ޙާއްސަ ޢިނާޔަތުގެފައިސާ : 3000.00 ރުފިޔާ
- ޝަރުތު :
- ދިވެހިބަހުން ލިޔަންކިޔަން އެގުން، ގިނަވަޤުތު މަސައްކަތް ކުރެވޭނެފަދަ ޞިއްޙަތެއްގައި ހުރުން، ކުޑަކުދިންނަށް ދިމާވާ ކަންތައްތައް ޙައްލުކުރުމުގެ ތަޖުރިބާ ހުރުން.
- ކުރަންޖެހޭ މަސައްކަތްތައް:
- ހުކުރު ދުވަސް ފިޔަވައި ކޮންމެދުވަހަކު ޢިމާރާތުގެ ގޯތިތެރެއާއި މަގުމަތި ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.
- ކޮންމެދުވަހަކު މަދުވެގެން 1 ފަހަރު ޢިމާރާތުގެ އެތެރެ ސާފުކޮށް މޮޕްޖަހައި ބެލެހެއްޓުން.
- ހަފުތާއަކު 2 ދުވަހު ޢިމާރާތުގެ ދޮރާއި ދޮރުފަތްތައް ފޮޅައި ސާފުކުރުން.
- ކޮންމެދުވަހަކު ބިއްލޫރިތައް ސާފުކުރުން.
- ކޮންމެ ދުވަހަކު ދެފަހަރު ފާޙާނާ ސާފުކުރުން.
- ޕްރީ ސްކޫލުގައި ކިޔަވައިދޭ ގަޑިތަކުގައި ޓީޗަރުންގެ ލަފާގެމަތިން ކުދިން ބެލެހެއްޓުމާއި ކުދިންނަށް އެހީތެރިވެ ދިނުން.
- ކޮންމެ ދުވަހަކު ކިޔަވާ ގަޑިތައް ނިމުމުން ކްލާސްތައް ސާފުކުރުމަށްފަހު ކްލާސްތަކާއި ޢިމާރާތް ބަންދުކުރުން.
ހުށައަޅަންޖެހޭ ލިޔުންތައް:
- ވަޒީފާއަށްއެދި ފޮނުވާ ސިޓިއާއި، އައި.ޑީ.ކާޑިގެ ކޮޕީ، އަދި ތަޢުލީމީގޮތުން ލިބިފައިވާ ލިޔުންތައް.
- ސިޓީ ފޮނުވުމުގެ މުއްދަތާއި ތަން: 13 އޭޕްރީލް 2025 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ކޮލަމާފުށީ ކައުންސިލްގެ އިދާރާއަށެވެ.
- އިންޓަރވިއުއޮންނާނެ ތަނާއި ތާރީޙް:
14 އޭޕްރީލް 2025 ވާ ހޯމަ ދުވަހު ގއ ކޮލަމާފުށީ ކައުންސިލްގެ އިދާރާގައެވެ.
ވީމާ، މި މަޤާމުގައި މަސައްކަތްކުރުމުގެ ޝަޢުޤުވެރިވާ ފަރާތްތަކުން އެކަމަށްއެދި މިއިދާރާއަށް ސިޓީ ހުށަހެޅުމަށް ދަންނަވަމެވެ. އަދި އީމެއިލް މެދުވެރިކޮށް ފޯމް ހުށަހަޅާ ނަމަ [email protected] އަށް މެއިލް ކުރެއްވުމަށް ދަންނަވަމެވެ.
09 ޝައްވާލް 1446
07 އޭޕްރީލް 2025