ދެންނެވުން
ނަންބަރު: (IUL)318-AD/318/2025/28
ޕަބްލިޝްކުރި ތާރީޚް: 07 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 10:41
ސުންގަޑި: 20 އެޕްރީލް 2025 14:00
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދޯނިއެހެލާ ސަރަޙައްދުގައި ހުރި ތަކެތީގެ ވެރިން ހޯދުން

މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ މަގުމަތީގައި ގަސްއިންދުމާއި ތަކެތި ބެހެއްޓުމާއި މަގުމަތި ބޭނުންކުރުމުގެ އުސޫލު (އުސޫލު ނަންބަރު (PP)318-AD/318/2024/3)ގެ ދަށުން ދޯނި އެހެލާ ސަރަޙައްދުގައި ގިނަދުވަސްވަންދެން ބޭނުންނުކޮށް ހުރިތަކެތި ނަގައި އެސަރަޙައްދު ސާފުކުރުމަށްޓަކައި އެތަކެތީގެ ވެރިން ހޯދަން ބޭނުންވެއެވެ. 

ދޯނި އެހެލާ ސަރަޙައްދުގައި އެހެލާފައިވާ ދޯނި، ލޯންޗް އަދި ޑިންގީއާއި އެސަރަޙައްދުގައި ބަހައްޓާފައިވާ އެހެނިހެންތަކެތީގެ ވެރިން އެތަކެތީގެ ތަފްޞީލް ބަޔާންކޮށް ލިޔުމަކުން 2025 އޭޕްރީލް 20 ވާ އާދިއްތަދުވަހުގެ 14:00ގެ ކުރިން މި އިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ.

07 އެޕްރީލް 2025