ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)KRH-HR/2025/46
ޕަބްލިޝްކުރި ތާރީޚް: 06 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 14:22
ސުންގަޑި: 13 އެޕްރީލް 2025 14:00
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ބަޔޯމެޑިކަލް ޓެކްނީޝަން (ވަގުތީ)

 

އިޢުލާން

މަޤާމު:

ބަޔޯމެޑިކަލް ޓެކްނީޝަން

މަޤާމުގެ ނަންބަރު:

J-407002

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ

މުއްދަތު:

ވަޒީފާއަށް ހޮވޭ ތާރީޙުން ފެށިގެން 1 އަހަރު ދުވަހަށް

ޕަބްލިކް ސަރވިސް ރޭންކް

ރޭންކް 5 - ސްޓެޕް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް

މަޤާމުގެ އަސާސީ މުސާރަ:

-/10664ރުފިޔާ

މަޤާމު އެލަވަންސް:

-/4976 ރުފިޔާ (މަހަކު)

ހާޒިރީ އިނާޔަތް:

-/135 ރުފިޔާ (ޕޭ ފުރޭމް ވޯކްގެ މިންގަނޑުގައިވާ ގޮތުގެ މަތިން ހާޒިރުވާ ދުވަހަކަށް)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޞިއްޙީ ޚިދުމަތްދޭ ހޮސްޕިޓަލްތަކާއި ސެންޓަރުތަކުގައި ބޭނުންކުރާ ބަޔޯމެޑިކަލް އިކުއިޕްމަންޓުތަކުގެ މަރާމާތާއި، މެއިންޓެނަންސް އަދި ޕްރިވެންޓިވް މެއިންޓެނަންސް މަސައްކަތްތައް ކުރުން. އޭގެ ތެރޭގައި އިމީޑިއެޓް ބްރޭކްޑައުން ރިޕެއަރ މަސައްކަތްތަކާއި ޕްލޭންކޮށްގެން ރާވައި ހިންގަންޖެހޭ ޕީރިއޯޑިކް މެއިންޓެނަންސް މަސައްކަތްތައް ހިމެނެއެވެ.
  2. ބަޔޯމެޑިކަލް އިކުއިޕްމަންޓްތައް ކެލިބްރޭޓްކޮށް ވެލިޑޭޓްކުރުމާއި، ސަރވިސްކުރުމާއި މަރާމާތުކުރުމަށް ބޭނުންވާ ސްޕެއަރ، އިކުއިޕްމަންޓް އަދި އެހެނިހެން ޓޫލްތައް ހޯދުމަށް އެހީތެރިވުން.
  3. ރިޕެއަރ މަސައްކަތާއި ޕްރިވެންޓިވް މެއިންޓެނަންސް ރިޕެއަރ މަސައްކަތްތަކާއި އިންސްޓޮލޭޝަން މަސައްކަތްތަކުގެ ރެކޯޑު ލޮގްކޮށް ބެލެހެއްޓުމުގައި އެހީތެރިވުން.
  4. ޚިދުމަތް ދިނުމަށް ބޭނުންކުރާ މެޝިނަރީތައް ރައްކާތެރިކަމާއެކު ބަލަހައްޓާނެ ގޮތްގޮތް އެތަކެތި ބޭނުންކުރާ މުވައްޒަފުންނަށް އަންގައި އޮޅުންފިލުވައި ދިނުން.
  5. މެޝިނަރީތަކާއި އިކުއިޕްމަންޓްތަކުގެ އިންވެންޓްރީ ނެގުމުގައި ކަމާބެހޭ މުވައްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދިނުން.
  6. މެޝިނަރީތައް ރައްކާތެރިކަމާއެކު ބަލަހައްޓައި ގަވާއިދުން ސަރވިސް ކުރުން.
  7. ސިއްޙީ ޚިދުމަތުގައި ބޭނުންކުރާ މެޝިނަރީއާއި އިކުއިޕްމަންޓްތައް ސްޓޭންޑަޑައިޒް ކުރުމުގެ މަސައްކަތްތަކުގައި އެހީތެރިވުން.
  8. މެޑިކަލް މެޝިނަރީ އާއި އިކުއިޕްމަންޓްތަކުގެ ހިސްޓްރީ ބެލެހެއްޓުމާއި، ރިޕެއަރ ކުރުމަށް ގެނެވޭ ތަކެތި ރަނގަޅު ކުރުމަށްފަހު އަނބުރާ ފޮނުވުމާއި، އެކަންތަކާގުޅޭ ލިޔެކިޔުންތައް ބަލަހައްޓައި، އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  9. މެޑިކަލް އިކުއިޕްމަންޓްތަކާ ގުޅޭ ސަރވިސް ކޮންޓްރެކްޓްތައް ތައްޔާރުކޮށް، މޮނިޓަރ ކުރުމާއި، ސަޕްލައަރ ޕަރފޯމަންސް ރިޕޯޓް ގަވާއިދުން ތައްޔާރުކޮށް ހިއްސާ ކުރަންޖެހޭ ފަރާތްތަކާ ހިއްސާ ކުރުމުގައި އެހީތެރިވުން.

މަޤާމުގެ ޝަރުޠުތައް:

  • މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ މަސައްކަތާ ގުޅޭ ތައުލީމީ ރޮނގުތައް:

  • ބަޔޯ އިންސްޓްރުމެންޓޭޝަން 
  • ބަޔޯއިންފޯމެޓިކްސް 
  • ބަޔޯ މެޓީރިއަލްސް 
  • ބަޔޯ މެކޭނިކްސް 
  • ބަޔޯމެޑިކަލް އިންޖިނިއަރިންގ 
  • ބަޔޯމެޑިކަލް އިކުއިޕްމަންޓް އިންޖީނިއަރިންގ 
  • ބަޔޯމެޑިކަލް އިކުއިޕްމަންޓް ޓެކްނޮލޮޖީ 
  • ބަޔޯމެޑިކަލް އެކުއިޕްމަންޓް ޓެކްނޮލޮޖީ އިންޖީނިއަރިންގ 
  • ބަޔޯމެޑިކަލް އިންފޮމެޓިކްސް 
  • ބަޔޯމެޑިކަލް އިންސްޓްރުމެންޓޭޝަން 
  • ބަޔޯމެޑިކަލް ސައެންސް 
  • ކްލިނިކަލް އިންޖީނިއަރިންގ 
  • ކްލިނިކަލް ޓެކްނޮލޮޖީ 
  • ޑިވައިސް އިނޮވޭޝަން 
  • އިލެކްޓްރިކަލް އިންޖިނިއަރިންގ 
  • މެކޭނިކަލް އިންޖިނިއަރިންގ 
  • މެޑިކަލް ޑިވައިސް އިންޖީނިއަރިންގ 
  • މެޑިކަލް ޑިވައިސް އިނޮވޭޝަން 
  • މެޑިކަލް ޑިވައިސަސް 
  • މެޑިކަލް އިލެކްޓްރޯނިކްސް އިންޖީނިއަރިންގ 
  • މެޑިކަލް އިންޖިނިއަރިންގ 
  • މެޑިކަލް އިމޭޖިންގ ޓެކްނޮލޮޖީ 
  • މެޑިކަލް ފިޒިކްސް 
  • ރިހިބިލިޓޭޝަން އިންޖީނިއަރިންގ 
  • ސިސްޓަމް އިންޖީނިއަރިންގ   

މަޤާމުގެ ގުޅޭ ވަޒީފާގެ ދާއިރާތައް:

  • ·         ބަޔޯ މެޑިކަލް އިންޖިނިއަރިންގ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/Policy/Index/51
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ލައިސަންސް ނުވަތަ ރެޖިސްޓްރޭޝަން
  2. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެ ވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއެކު ފޯމު  13އެޕްރީލް 2025 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން ޢިއުލާން ކުރެވިފައިވާ ހޮސްޕިޓަލަށާއި ހެލްތު ސެންޓަރުތަކަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: މެއިލް ކުރައްވާނަމަ އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި   އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަން ޖެހުމަށް ދަންނަވަމެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި (އަސާސީ ޝަރުޠު ހަމަކުރުމަށް ތަޖުރިބާގެ މުއްދަތު ބޭނުންވާނަމަ، އެ މުއްދަތު އުނިކުރުމަށްފަހު)، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

ޕްރެޒެންޓޭޝަން އަދި އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިޙާން އަދި އިންޓަވިއު އޮންނާނީ 15 އެޕްރީލް 2025 އާއި 15 މެއި 2025އާއި ދެމެދު މި ހޮސްޕިޓަލުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ޚާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6521661  އަށެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (https://www.csc.gov.mv/Policy/Index/33) އިން ލިބެން ހުންނާނެއެވެ.

 

06 އެޕްރީލް 2025