ނީލަން
ނަންބަރު: (IUL)457-AS/1/2025/6
ޕަބްލިޝްކުރި ތާރީޚް: 06 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 13:30
ސުންގަޑި: 15 އެޕްރީލް 2025 14:00
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަންކިއުން

އިޢުލާން

 

މިބިއުރޯގަ ހުރި ބައު ތަކެތި ނީލަމުގައި ވިއްކާލުން.

 

މި ބިއުރޯގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއް ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުން 2025 އޭޕްރީލް 15 ވަނަ ދުވަހު ދުވަހުގެ މެންދުރު ފަހު 15:00 ގައި މިބިއުރޯގައި އޮންނާނެއެވެ.

މި ތަކެތި ބަލަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން، 2025 އޭޕްރީލް 14 ވަނަ ދުވަހުގެ މެންދުރުފަހު 15:00 އިން 16:00 އަށް މި ބިއުރޯ ހިނގަމުންދާ އިމާރާތް " ދާރުލް އީމާން ބިލްޑިންގ" ގެ 9 ވަނަ ފަންގެފިލާއަށް ޙާޟިރުވުން އެދެމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 2025 އޭޕްރީލް 15 ދުވަހުގެ މެންދުރު 15:00 އަށް މިބިއުރޯ ހިނގަމުންދާ އިމާރާތް " ދާރުލް އީމާން ބިލްޑިންގ" ގެ 9 ވަނަ ފަންގެފިލާއަށް އަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.

 

ނީލަން ކާމިޔާބު ކުރާ ފަރާތުން ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސް ގެ ބަނޑޭރި ޕޯޓަލް https:/bandeyripay.finance.gov.mv މެދުވެރިކޮށް ދެއްކުމަށްފަހު ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ތަކެތި ގެންދަން ވާނެއެވެ.  މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުރި ތަކެތި އަލުން ނީލަމުގައި ވިއްކާލެވޭނެއެވެ. އަދި ނީލަން ކާމިޔާބު ކުރުމަށްފަހު އެތަކެތި ނުގެންދާ ފަރާތްތަކަށް މި އޮފީހުން  ބާއްވާ ނީލަންތަކުގައި ދެން ބައިވެރި ވެވޭނީ 3 މަސް ދުވަސް ފަހުން ކަމުގައި ދެންނެވީމެވެ. އަދި މިކަމަބެހޭ ގޮތުން އިތުރު މައުލޫމާތު އޮޅުންފިލުވަން ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ފޯން ނަންބަރު 3008400 އަށް ގުޅުއްވުން އެދެމެވެ.

 

                              8 ޝައްވާލް 1447

                              6 އޭޕްރީލް 2025

                               

06 އެޕްރީލް 2025