ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)KRH/PLD/2025/40
ޕަބްލިޝްކުރި ތާރީޚް: 06 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 09:36
ސުންގަޑި: 14 އެޕްރީލް 2025 13:00
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށާއި ޞިއްޙީ މަރުކަޒުތަކަށް ބޭނުންވާ އައި.ޓީ އިކުއިޕްމަންޓްސް ހޯދުން

މި އިޢުލާނަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށާއި ޞިއްޙީ މަރުކަޒުތަކަށް ބޭނުންވާ އައި.ޓީ އިކުއިޕްމަންޓްސް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވޭ އިޢުލާނެކެވެ. މަޢުލޫމާތު ކަރުދާހާއެކު އެޓޭޗްކުރެވިފައިވާ އެނެކްސް 1 ގައި ބަޔާންކޮށްފައި އެވަނީ ސަޕްލައި ކޮށްދޭން ޖެހޭ ތަކެތީގެ ތަފްޞީލެވެ.

ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް

  1. ޚިދުމަތް/ތަކެތި ފޯރުކޮށްދޭ ފަރާތަކީ ސަރުކާރުގެ ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތީން، ސަރުކާރުގެ ތަންތަނަށް މަސައްކަތް ކޮށްދިނުމަށް އެއްބާރުލުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވާން ވާނެއެވެ.
  2. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ލިންކް https://forms.gle/LCF7cs1EwX11U6LQA 06 އެޕްރީލް 2025 ވާ އާދީއްތަ ދުވަހުން ފެށިގެން 14 އޭޕްރިލް 2025 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ފުރިހަމަކުރެއްވުމަށް ދަންނަވަމެވެ.
  3. ބީލަން ހުށަހެޅުމަށް މަޢުލޫމާތު ކަރުދާހުގެ އެނެކްސް 2 ގައިވާ "ބީލަން ހުށަހަޅާ ފޯމު" ފުރިހަމަ ކުރައްވާ ހުށަހަޅަން ވާނެއެވެ.
  4.  މި އިޢުލާނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވެލައްވާ ނަމަ 06 އެޕްރީލް 2025 ވާ އާދީއްތަ ދުވަހުން ފެށިގެން 14 އޭޕްރިލް 2025 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން، [email protected]  އީ-މެއިލް އަށް ސަބްޖެކްޓުގައި އިޢުލާން ނަންބަރު ޖެހުމަށްފަހު ފޮނުއްވުން އެދެމެވެ. އަދި އީ-މެއިލް ފޮނުވުމަށްފަހު މެއިލް ލިބުނުކަން ޔަޤީން ކުރެއްވުމަކީ މެއިލް ފޮނުއްވާ ފަރާތުގެ ޒިންމާއެކެވެ.
  5. މި އިޢުލާނާއިގުޅޭ މަޢުލޫމާތު ކަރުދާހާއި، މި ބީލަމާއި ގުޅުންހުރި ލިޔެކިޔުންތައް ގެޒެޓްގައި އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި ބީލަން ހުށަހެޅުމުގައި މި މަޢުލޫމާތުތައް ރަނގަޅަށް ކިޔާ ދިރާސާކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.
  6. ރަޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތް ތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.

 

ބީލަން ހުށަހެޅުން

  • ތަން: އަލިމަސް މާލަން (ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޓިންގ ރޫމް)
  • ތާރީޚް: 17 އޭޕްރީލް 2025 ވާ ބުރާސްފަތި ދުވަސް
  •  ގަޑި: 11:00 ގައި
06 އެޕްރީލް 2025