މަޤާމު:
|
އެސިސްޓެންޓް މެނޭޖަރ
|
ސެކްޝަން:
|
ހިއުމަން ރިސޯސް ސަރވިސަސް ސެކްޝަން / ހިއުމަން ރިސޯސް ޑިވިޜަން
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
ތަޢުލީމީ ފެންވަރާއި ތަޖުރިބާ:
|
- ހިއުމަން ރިސޯސް ދާއިރާއިން ނުވަތަ މެނޭޖްމަންޓާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން
- އޯލެވެލް އިމްތިޙާނުގެ އިނގިރޭސިބަހުން ބީ ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން.
- ވަޒީފާ ހަމަޖެއްސުމުގައި ހިއުމަން ރިސޯސް ދާއިރާއިން ކުރިއަށް ދިއުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އިސްކަންދެވޭނެވެ.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- މުވައްޒަފުންގެ ވަޒީފާއާއި މުސާރައާއި އިނާޔަތްތަކާ ގުޅޭ އެންމެހާ މަސައްކަތްތަކާއި މުވައްޒަފުންގެ ރިކޯޑު ބެލެހެއްޓުމުގެ މަސައްކަތް
|
ހުނަރުވެރިކަން:
|
- އަމިއްލައަށް އިސްނެގުމާއެކު މީހުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން ހުރުން.
- އަމިއްލައަށް ރާވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
- ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރުމުގެ ޤާބިލުކަންލިބިފައިވުން.
|
މަޤާމު:
|
ރިސަރޗް އެސިސްޓެންޓް
|
ސެކްޝަން:
|
އިކޮނޮމިކް ރިސަރޗް އެންޑް އެނެލިސިސް ސެކްޝަން /މަނިޓަރީ ޕޮލިސީ އެންޑް ރިސަރޗް ޑިވިޜަން
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
ތަޢުލީމީ ފެންވަރު:
|
- އިކޮނޮމިކްސް ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލު ކޮށްފައިވުން.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- އިޤްތިޞާދު ދިރާސާކޮށް މަޢުލޫމާތު އެއްކޮށްގެން އިކޮނޮމިކް ރިޕޯޓް އަދި އިކޮނޮމިކް ކަރުދާސް ލިޔެ ތައްޔާރުކޮށް ޕްރެޒެންޓް ކުރުން
|
ހުނަރުވެރިކަން:
|
- އިޤްތިޞާދީ، ބޭންކިންގ އަދި ފައިނޭންޝަލް ދާއިރާއާ ގުޅޭ ތަފާސްހިސާބުތަކަށް އަހުލުވެރިވެފައިވާ، މިފަދަ ހިސާބުތައް ދިރާސާކުރުމުގެ ހުނަރު ހުރުން.
- މައިކްރޯސޮފްޓް އެކްސެލް ބޭނުންކޮށްގެން އެނަލިސިސް ހަދަން އެނގުން.
- އީ-ވިއުޒް ފަދަ އިކޮނޮމެޓްރިކް އަދި ފޯރކާސްޓިންގ ސޮފްޓްވެއަރއަކަށް އަހުލުވެރިވެފައިވުން.
- އަމިއްލަ އިސްނެގުމާއެކު މީހުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން ހުރުން.
- އަމިއްލައަށް ރާވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
- ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރުމުގެ ޤާބިލުކަން ލިބިފައިވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރެއްވުމަށްފަހު)
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
- ސްކޫލް ލީވިންގ ސެޓުފިކެޓުގެ ކޮޕީ
- ވަޒިފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
- ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް.
- ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް.
|
ސުންގަޑި
|
20 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް
|