ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)403-M/403/2015/63
ޕަބްލިޝްކުރި ތާރީޚް: 10 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 20:46
ސުންގަޑި: 20 އޮގަސްޓް 2015 14:00
ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިނޭންސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

ފައިނޭންސް އޮފިސަރ    

ކުލެސިފިކޭޝަން:

ޓެކުނިކަލް އޮފިސަރ ގުރޭޑް 1

ރޭންކް:

MS1

މުސާރަ:

5610:00 ރުފިޔާ

އެހެނިހެން އިނާޔަތްތައް:

- ސަވިސް އެލަވަންސް  2000:00 ރ

- މިމަޤާމުގެ މުސާރައިގެ އިތުރުން އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު:

01

މަޤާމު ބޭނުންވާ

ސެކުޝަން:

ކޯޕަރޭޓިވް އެފެއާޒް / ފައިނޭންސް ސެކުޝަން

މަސައްކަތް ކުރަންޖެހޭ ތަނާއި، ރަށް:

ލ. މާމެންދޫ ކައުންސިލްގެ އިދާރާ ލ. މާމެންދޫ

މަޤާމުގެ ޝަރުޠުތައް:

  • އެކައުންޓިންގ ނުވަތަ ބިޒުނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒުނަސް މެނޭޖުމަންޓް، ނުވަތަ ހިޔުމަން ރިސޯސް މެނޭޖުމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު އެކައުންޓިންގ އެންޑް ފައިނޭންސް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • އެކައުންޓިންގ ނުވަތަ ބިޒުނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒުނަސް މެނޭޖުމަންޓް، ނުވަތަ ހިޔުމަން ރިސޯސް މެނޭޖުމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  • އެކައުންޓިންގ ނުވަތަ ބިޒުނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒުނަސް މެނޭޖުމަންޓް، ނުވަތަ ހިޔުމަން ރިސޯސް މެނޭޖުމެންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު އެކައުންޓިންގ ނުވަތަ ބިޒުނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒުނަސް މެނޭޖުމަންޓް، ނުވަތަ ހިޔުމަން ރިސޯސް މެނޭޖުމެންޓްގެ ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1. ސަރުކާރުގެ ފައިސާގެ ހިސާބުތައް ބެލެހެއްޓުމުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ކައުންސިލް އިދާރާއަށް ލިބޭ ފައިސާއާއި، ޚަރަދުކުރާ ފައިސާގެ މުޢާމަލާތްތައް ކުރުމާއި، ލިޔުންތަކާއި ފޮތްތައް ބެލެހެއްޓުން

2. ކުރިއަށް ލަފާކުރާ އަހަރުގެ ބަޖެޓް ތައްޔާރުކުރުމާއި، ކައުންސިލް އިދާރާގެ އެކައުންޓުތަކުގެ ހިސާބުތައް ބެލެހެއްޓުން

3. މުވައްޒަފުންގެ މުސާރައިގެ އެންމެހާ ކަންތައް ބެލެހެއްޓުން

4. ބަޖެޓް ރިޕޯޓުތައް ހެދުމާއި ފޮނުވަންޖެހޭ ތާރީޚުތަކަށް ފޮނުވުން

5. މިނޫންވެސް ފައިސާއާ ގުޅޭ އެންމެހާ މަސައްކަތްތައް ކުރުން

މީހުން ހޮވުމުގައި

ބަލާނެ ކަންތައްތައް

- ލިބިފައިވާ ތަޢުލީމާއި ތަމްރީނު

- ވަޒީފާއާ ގުޅޭ ދާއިރާއިން ހޯދާފައިވާ ތަމްރީނު

- ވަޒީފާގެ ދާއިރާގައި މަސައްކަތުގެ މަޢުލޫމާތު ލިބިފައިވާ މިންވަރު

- މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު.

އިންޓަރވިއު ކުރުމާއި، އަދި އިމްތިޙާނު ކުރުން.

ތަނާއި މުއްދަތު ނުވަތަ ތާރީޚު ކަނޑައެޅި ހަމަޖެހުމުން މަދުވެގެން ރަސްމީ 5 ދުވަސް ކުރިން މިމަޤާމަށް އެދުނު ފަރާތްތަކަށް ދެންނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފުކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓު ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަނުން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ)
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތުގެ މަސައްކަތާމެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ)

ސުންގަޑި

20 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް

އިތުރު މަޢުލޫމާތު

  • ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު މި އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.
  • މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6800705 ނަންބަރު ފޯނާއެވެ. 

25 ޝައްޥާލް 1436

10 އޮގަސްޓް 2015