ދިވެހިރާއްޖެ
(IUL)88-MCEP/88/2025/77 :ނަމްބަރު
ވޭސްޓް މެނޭޖްމެންޓް އާއި ޕޮލިއުޝަން ކޮންޓްރޯލް ސެކްޓަރގެ ހިއުމަން ރިސޯސް ކެޕާސިޓީ ބިލްޑިންގ އެސެސްމެންޓެއް ހެދުމުގެ ކޮންސަލްޓެންސީޙިދުމަތް (ފާރމް) – 2 ވަނަ އިޢުލާން
ޓެކްނިކަލް އަދި ފައިނޭންޝަލް ޕްރޮޕޯޒަލް ހުށަހެޅުމުގެ ދައުވަތު
ދިވެހިރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށްޓަކައި ވޯރލްޑް ބޭންކުގެ ހިލޭ އެހީގައި މި މިނިސްޓްރީއިން ހިންގާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ ދަށުން ވޭސްޓް މެނޭޖްމެންޓް އާއި ޕޮލިއުޝަން ކޮންޓްރޯލް ސެކްޓަރގެ ހިއުމަން ރިސޯސް ކެޕާސިޓީ ބިލްޑިންގ އެސެސްމެންޓެއް ހެދުމުގެ ކޮންސަލްޓެންސީޙިދުމަތް ފޯރުކޮދޭނެ ފާރމްއެއް ހޯދުމުށް ކުރެވުނު ނަންބަރު (IUL)438-MCEP/438/2024/301 އިޢުލާނާއި ގުޅިގެން ލިބިފައިވާ ބީލަން ބާތިލްކޮށް މި ޙިދުމަތް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް ޓެކްނިކަލް އަދި ފައިނޭންޝަލް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
އިތުރު މައުލޫމާތު މިޢުލާނާއި އެކު ގެޒެޓުގައި ޝާއިޢު ކޮށްފައިވާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) އަދި ރިކުއެސްޓް ފޯ ޕްރޮޕޯސަލް ޑޮކިޔުމަންޓްގައި ތަފްސީލު ކުރެވިފައިވާނެއެވެ.
މި މަސައްކަތައް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކުގެ ތަފްސީލު ޓީ.އޯ.އާރްގެ (8). ކޮލިފިކޭޝަން އެންޑް އެކްސްޕީރިއެންސް ގައި ތަފްސީލު ކުރެވިފައިވާނެއެވެ. އަދި އިވެލުއޭޝަން ކްރައިޓީރިޔާ ޓީ.އޯ.އާރްގެ (9) އިވެލުއޭޝަން ކްރައިޓީރިއާގައި ވާނެއެވެ.
ޕްރޮޕޯޒަލްގައި ހިމަނަން ޖެހޭ ލިއެކިއުންތައް ރިކުއެސްޓް ފޮރ ޕްރޮޕޯސަލް ޑޮކިޔުމެންޓްގެ ޑާޓާ ޝީޓްގައި ބަޔާންކުރެވިފައިވާނެއެވެ. ޓެކްނިކަލް އަދި ފައިނޭންޝަލް ޕްރޮޕޯސަލް ހުށަހަޅަންވާނީ ވަކި ވަކިންނެވެ.
މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދެވޭނީ ކޮލިޓީ އެންޑް ކޯސްޓް ބޭސްޑް ސިލެކްޝަން އުސޫލުން، ވާރލްޑް ބޭންކްގެ "ޕްރޮކިޔުމަންޓް ރެގިޔުލޭޝަންސް ފޮރ އައި.ޕީ.އެފް ބޮރޮވަރސް "(ޖުލައި (2016) ޕްރޮކިޔުމަންޓް ރެގިޔުލޭޝަންސް)ގެ އުޞޫލުންނެވެ.
މި މަސައްކަތްއް ޖޮއިންޓް ވެންޗަރ ނުވަތަ ސަބް-ކޮންސަލްޓެންސީ އުސޫލުން ޕްރޮޕޯޒަލް ހުށަހެޅިދާނެއެވެ. އަދި މި އުސޫލުގެ ދަށުން ބީލަން ހުށަހަޅާނަމަ، އެކަން އަނގައިދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.
ސުންގަޑި
ފައިނޭންޝަލް އަދ ޓެކްނިކަލް ޕްރޮޕޯސަލް ހުށަހަޅާނީ 2025 އެޕްރީލް 23 ވާ ބުދަ ދުވަހު 11:00 ގެ ކުރިން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ތިރީގައި ދަންނަވާފައިވާ އެޑްރޭހަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ޕްރޮޕޯސަލް އަނބުރާ ރައްދު ކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން
މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 2024 އޮގަސްޓް 17ވާ ބުރާސްފަތި ދުވަހު 14:00ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިއުލާނު ނަންބަރާއި މަސައްކަތުގެ ނަން ލިޔަންވާނެއެވެ.
އީމެއިލް އެޑްރެސް: [email protected]
އެޑްރެސް:
މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް
ވޭސްޓް މެނޭޖްމެންޓް އެންޑް ޕޮލިޔުޝަން ކޮންޓްރޯލް ޑިޕާރޓްމެންޓް،
މިނިސްޓްރީ އޮފް ޓޫރިސަމް އެންޑް އެންވަޔަރަންމަންޓް،
ސާފު ރާއްޖެ ބިލްޑިންގް/ ބޮޑުތަކުރުފާނު މަގު / މާލެ، ދިވެހިރާއްޖެ
އީމެއިލް އެޑްރެސް: [email protected]
ފޯނު ނަންބަރު: 3018451
5 އޭޕްރިލް 2025