ވަޒީފާގެ ފުރުޞަތު
ނަންބަރު: GS123/2015/13
ޕަބްލިޝްކުރި ތާރީޚް: 09 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 19:17
ސުންގަޑި: 17 އޮގަސްޓް 2015 14:00
އިންނަމާދޫ ސްކޫލް، ރ. އިންނަމާދޫ
ދިވެހިރާއްޖެ
ޕްރިންޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ސްކޫލުގެ މި ދަންނަވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ.

ޕްރިންޓަރ

މަޤާމު:

1 (އެކެއް)

ބޭނުންވާ އަދަދު :

ދާއިމީ

މަޤާމުގެ ގިންތި:

އެސް. އެސް. 3

މަޤާމުގެ ރޭންކް:

ސަޕޯޓް ސްޓާފް ގްރޭޑް 3

މަޤާމުގެ ކްލެސިފިކޭޝަން:

މަހަކު -/3875 ރ.

މުސާރަ:

މަހަކު -/1000 ރ.

ސަރވިސް އެލަވަންސް:

އިންނަމާދޫ ސްކޫލް، ރ. އިންނަމާދޫ

ވަޒީފާ އޮތް އޮފީސް:

އެކަޑަމިކް ސެކްޝަން، އިންނަމާދޫ ސްކޫލް

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:

1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން، ލިބިދެވޭ ޕެންޝަން ފައިސާ

2. ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ އިނާޔަތު ފައިސާ

އެހެނިހެން އިނާޔަތްތައް:

1. މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އިންފޮމޭޝަން ޓެކްނޮލޮޖީގެ  ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ ؛

2. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ ޝަރުޠު:

  1. ފޮޓޯކޮޕީ/ޗާޕު ނުވަތަ ޕްރިންޓް ކުރުމަށް ޙަވާލުކުރެވޭ ތަކެތި ދުވަހުން ދުވަހަށް ފޮޓޯކޮޕީ/ޗާޕު ނުވަތަ ޕްރިންޓް ކުރުމާއި، އެފަދަ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން. (ޓެސްޓު ޕޭޕަރުފަދަ ސްކޫލްގެ ސިއްރު ލިޔެކިޔުންތައް ކޮންމެހެން ފެންނަންޖެހޭ ފަރާތަކަށް މެނުވީ ދައްކައި، ކޮޕީ ހަދައިދީ ހަދައިގެން ނުވާނެއެވެ.)
  2. ފޮޓޯކޮޕީ/ޗާޕު ނުވަތަ ޕްރިންޓްކުރާ ތަކެތީގެ ކޮޕީ ފައިލްކޮށް ބެލެހެއްޓުން.
  3. ފޮޓޯކޮޕީ/ޗާޕު ނުވަތަ ޕްރިންޓްކުރާ ތަކެތީގެ ތެރެއިން ހީރަސްޖަހަން ޖެހޭ ތަކެތި ހީރަސްޖަހައި، ލެމިނޭޓްކުރަންޖެހޭ ތަކެތި މަސައްކަތަށް ލަސްނުވާނޭ ގޮތުގެ މަތިން، ލެމިނޭޓްކޮށް، ބައިންޑްކުރަންޖެހޭ ތަކެތި ބައިންޑުކުރުން.
  4. ފޮޓޯކޮޕީ/ ޗާޕު ނުވަތަ ޕްރިންޓް ކުރުމުގެ މަސައްކަތަށް ބޭނުންކުރާ ހުރިހާ މެޝިނަރީޒްތަކެއް ސާފުކުރުވައި، ސަރވިސް ކުރުވައި ބެލެހެއްޓުން.
  5. ފޮޓޯކޮޕީ/ޗާޕު ނުވަތަ ޕްރިންޓް ކުރުމަށް ބޭނުންވާ ކަރުދާސް ދެލިފަދަ ތަކެތި ދުރާލައި ހޯދުން.
  6. ފޮޓޯކޮޕީ/ޗާޕު ނުވަތަ ޕްރިންޓް ކުރާތަން ސާފުކުރުވައި، ތަރުތީބުކުރުވައި ބެލެހެއްޓުން.
  7. ފޮޓޯކޮޕީ/ޗާޕު ނުވަތަ ޕްރިންޓް ކުރުމުގެ ހުރިހާ މަސައްކަތެއް ސްކޫލްގެ ހުރިހާ ފަރާތްތަކަށް ތަފާތުކުރުމެއްނެތި، ހަމަހަމަކަމާއެކު ކޮށްދިނުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު
  2. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރާއި، މަސައްކަތުގެ އަޚުލާޤު،
  3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި، ސިފަތައް އިންޓަރވިއު ޕެނަލަށް ސާބިތުކޮށްދެވޭ މިންވަރު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ހ. މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، އިޢުލާނަށް މުއްދަތު ހަމަވާތާ 5 ދުވަހުގެ ތެރޭގައި އިންނަމާދޫ ސްކޫލްގައެވެ.

ށ. އިންޓަރވިއު އަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

އިންޓަރވިއުއާއި ޢަމަލީ މަސައްކަތް އޮންނާނެ ތަނާއި މުއްދަތު:

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، އިންނަމާދޫ ސްކޫލުގެ އިދާރާއަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުން ގަޑިއަކީ، 2015 އޮގަސްޓު 17 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު. (މިފޯމު އިންނަމާދޫ ސްކޫލުން ލިބެން ހުންނާނެއެވެ.)
  2. ސިވިލްސަރވިސް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހައިފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުނތައް ކިޔަން އެނގޭ ފަދަ ސާފުކޮޕީއެއް.
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ސީވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މި މަޤާމަށް ކުރިމަތިލާ މީހުންނަކީ ޢުމުރުން 55 އަހަރު ވެފައިވާ މީހަކަށް ވެގެން ނުވާނެއެވެ.
  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ހުށަހެޅުންތަކާއި، ފުރިހަމަ ނުކޮށް ހުށަހަޅާ ހުށަހެޅުންތައް ބަލައެއް ނުގަނެވޭނެއެވެ.
  • މި އިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާއި އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކުސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އެހެނިހެން ކަންތައްތައް:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ ނަންބަރު 6580359 ފޯނާއި ނުވަތަ 9933939 ފޯނާ ގުޅުން އެދެމެވެ. އީމެއިލް އެޑްރެހަކީ: [email protected] އެވެ.

އިތުރު މަޢުލޫމާތު:

 

                                24 ޝައްވާލް 1436

09 އޮގަސްޓް 2015