ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)ASMH-Procure/ASMH/2025/24
ޕަބްލިޝްކުރި ތާރީޚް: 31 މާރިޗު 2025
ޕަބްލިޝްކުރި ގަޑި: 21:13
ސުންގަޑި: 15 އެޕްރީލް 2025 13:00
ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އޯތޯޕެޑިކް އިމްޕްލާންޓް އަދި އިންސްޓްރޫމެންޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

  ނަންބަރު : (IUL)ASMH-Procure/ASMH/2025/24

އިޢުލާން

 

ހޮސްޕިޓަލަށް ބޭނުންވާ އޯތޯޕެޑިކް އިމްޕްލާންޓް އަދި އިންސްޓްރޫމެންޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

ޑރ. އަބްދުލްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ އޯރތޯޕެޑިކް އިންސްޓްރޫމަންޓްގެ އިތުރުން އިމްޕްލާންޓްގެ ގޮތުގައި ބޭނުންކުރާ ބައެއްތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

       ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރިއަށް ދާނީ 31 މާރިޗް 2025 އިން 08 އޭޕްރިލް 2025 ވަނަދުވަހުގެ 13:00 ގެކުރިން މިހޮސްޕިޓަލްގެ އީމެއިލް އެޑްރެސް [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލްކޮށް ނުވަތަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެންރެޖިސްޓްރޭޝަން ފޯމްހުށަހަޅުއްވައިގެންނެވެ. ރެޖިސްޓަރީ ކުރައްވާފައިނުވާ ފަރާތްތަކަށާއި، ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން: 14 އޭޕްރިލް 2025، 13:00 ގެ ކުރިން [email protected] އަށް މެއިލްކޮށްގެން ނުވަތަ ރަސްމީ ގަޑީގައި  6845161 ނަންބަރ ފޯނަށް ގުޅުއްވައިގެން.

އަންދާސީ ހިސާބް ހުށަހެޅުން:  15 އޭޕްރިލް 2025، 13:00 އަށް

ތަން: ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އޮފީސް އިމާރާތުގެ މީޓިންގ ރޫމް (1 ވަނަ ފަންގިފިލާ) 

31 މާރިޗު 2025