ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)ASMH-Procure/ASMH/2025/25
ޕަބްލިޝްކުރި ތާރީޚް: 31 މާރިޗު 2025
ޕަބްލިޝްކުރި ގަޑި: 21:05
ސުންގަޑި: 15 އެޕްރީލް 2025 11:00
ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ސީ-އަަރމް މެޝިން ހޯދުން

   ނަންބަރު : (IUL)ASMH-Procure/ASMH/2025/25

އިޢުލާން

 

ސީ-އާރމް މެޝިން ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުން

ޑރ. އަބްދުލްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ސީ-އާރމް މެޝިން ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)ASMH-Procure/ASMH/2025/4 ގެ އިޢުލާނާއި ގުޅިގެން ދެވިފައިވާ މައުލޫމާތުޝީޓަށް ބަދަލުގެނެވިފައިވާތީ، އިސްވެ ދެންނެވިފައިވާ އިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.

       ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބިޑުގައި ރަޖިސްޓްރީވުމަށް 08 އޭޕްރިލް 2025 ވަނަދުވަހުގެ 13:00  ގެކުރިން މިހޮސްޕިޓަލްގެ އީމެއިލް އެޑްރެސް [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލްކޮށް ނުވަތަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެންރެޖިސްޓްރޭޝަން ފޯމްހުށަހަޅުއްވައިގެންނެވެ. ރެޖިސްޓަރީ ކުރައްވާފައިނުވާ ފަރާތްތަކަށާއި، ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން: 14 އޭޕްރިލް 2025، 13:00 ގެ ކުރިން [email protected] އަށް މެއިލްކޮށްގެން ނުވަތަ ރަސްމީ ގަޑީގައި  6845161 ނަންބަރ ފޯނަށް ގުޅުއްވައިގެން.

އަންދާސީ ހިސާބް ހުށަހެޅުން:  15 އޭޕްރިލް 2025، 11:00 އަށް

ތަން: ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އޮފީސް އިމާރާތުގެ މީޓިންގ ރޫމް (1 ވަނަ ފަންގިފިލާ) 

31 މާރިޗު 2025