ވަޒީފާގެ ފުރުޞަތު
ނަންބަރު: AS | IUL | 2015 | 0278
ޕަބްލިޝްކުރި ތާރީޚް: 13 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 18:14
ސުންގަޑި: 26 އޮގަސްޓް 2015 12:00
އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޔޫއައި / ޔޫ އެކްސް ޑިވެލޮޕަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ހުސްނުވާ އާސަންދައިގެ ދަށުން ދެމުންގެންދާ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމަށްޓަކައި މިކުންފުނީގެ ސޮފްޓްވެއަރ އިންޖިނިއަރިންގ ޓީމުގައި ބައިވެރިވެ ދިވެހިރާއްޖޭގެ ޤައުމީ ޞިއްޙީ އިންޝުއަރަންސް ނިޒާމުގެ މަސައްކަތްތައް ކުރުން

މަޤާމު: ޔޫއައި / ޔޫ އެކްސް ޑިވެލޮޕަރ (އަދަދު: 01)

ޝަރުޠު:

- ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ނުވަތަ އޭލެވެލް 03 ފާސް ލިބިފައިވުން.

- މަދުވެގެން 2 އަހަރުގެ UI/UX ޑިޒައިން ތަޖުރިބާ ލިބިފައިވުން

- ވެބް އަދި މޮބައިލް އެޕްލިކޭޝަންތައް ޑިޒައިންކުރުމުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން

- އެހެން މުވައްޒަފުންނާއެކު މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ލިބިފައިވުން

- ވެބް ޑިޒައިން ކުރުމުގެ ހުރިހާ ހަރުފަތެއްގެ މަސައްކަތުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން

- އެޑޯބް އެޕްލިކޭޝަންތަކަށް ފަރިތަވެފައިވުން (ފޮޓޯޝޮޕް. އިލަސްޓްރޭޓަރ، ޑްރީމްވީވަރ، އަދި މިނޫނަސް ވެބް ޑިޒައިންކުރުމާގުޅޭ)

- ޒަމާނީ ވެބް ޕްލެޓްފޯމްތަކަށާއި HTML 5, CSS, JavaScript އާއި ފްރޭމްވަރކްތަކަށް އަހުލުވެރިވެފައިވުން

- އެންޑްރޮއިޑް އަދި އައި.އޯ.އެސްއަށް މޮބައިލް އެޕްލިކޭޝަންތައް ފަރުމާކުރުމުގެ ތަޖުރިބާ ލިބިފައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ފްރަންޓް އެންޑް ސޮލިއުޝަންތައް ޑިޒައިންކޮށް އިމްޕްލިމެންޓް ކުރުން

- ފަންގޝަނަލް "UI" ރިކުއަޔަރމަންސްޓްތައް ބަލައި ފާސްކޮށް، އޭގެ މަޢުލޫމާތު ދެނެގަތުން

- ވާރކްފްލޯރ އަދި ޔޫސެބިލިޓީއަށް ބިނާކޮށް "UI" ޕްރޮޓޮޓައިޕް ފަރުމާކޮށް ޕްރެޒެންޓް ކުރުން

- ސޮފްޓްވެއަރ ޑިވެލޮޕަރުންނަށް ދޭންޖެހޭ އެހީތެރިކަމާއި އަދި އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަން ހޯދައި ބެލުން

- ކުންފުނީގައި ބޭނުން ކުރެވެމެންދާ ޔޫސަރ އިންޓަރފޭސަސް ބަލައި ފާސްކޮށް، ހަރުދަނާ ކުރުން

- ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ލައިފްސައިކަލް ހަރުދަނާ ކުރުމަށް އެހީތެރިވެދިނުން

- "ސްޓޭޓް އޮފް ދަ އާރޓް" އޮނިގަނޑުތައް ބޭނުންކޮށްގެން އައު "UI" ފަންގޝަނަލަޓީ އިމްޕްލެމެންޓް ކުރުން

- ސޮފްޓްވެއަރއާބެހޭ މަޢުލޫމާތު ބޭނުންވާ މުވައްޒަފުންނަށް ދިނުމުގައި އެހީތެރިކަން ދިނުން

މުސާރަ

ދެފަރާތުން އެއްބަސްވާ ގޮތުގެ މަތިން

ޝައުޤުވެރިކަން ފާޅުކުރުމުގެ ފަހު ތާރީޚަކީ 26 އޮގަސްޓް 2015ވާ އަންގާރަދުވަހުގެ މެންދުރު 12:00އެވެ.

ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ވަނަވަރު އަދި ތަޢުލީމީ ސެޓުފިކެޓުތައް، ތިރީގައިވާ އެޑްރެހަށް ހުށަހަޅަން ނުވަތަ އީމެއިލް އެޑްރެހަށް އީމެއިލްކުރަންވާނެއެވެ.

އާސަންދަ ކޮމްޕެނީ ލޓޑ               ފޯން: 1400 301 960+              ފެކްސް: 3636 301 960+

ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ

މާލެ، ދިވެހިރާއްޖެ

             އީމެއިލް: [email protected]           ވެބްސައިޓް: www.aasandha.mv

ޝަރުޠު ހަމަނުވާ ފަރާތްތަކާއި ޞައްޙަނޫން މަޢުލޫމާތުތައް ހިމެނޭ ހުށަހެޅުންތައް ބާޠިލުކުރެވޭނެއެވެ.

13 އޮގަސްޓް 2015