ވަޒީފާގެ ފުރުޞަތު
ނަންބަރު: GS31/2015/10
ޕަބްލިޝްކުރި ތާރީޚް: 10 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 17:21
ސުންގަޑި: 18 އޮގަސްޓް 2015 13:00
ދ. އަތޮޅު މަދަރުސާ، ދ. މީދޫ
ދިވެހިރާއްޖެ
ސްކޫލް ހެލްތު އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައި މިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއެވެ.

މަޤާމް: ސްކޫލް ހެލްތު އޮފިސަރ

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކުް: އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 1 / ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ: -/5610 ރުފިޔާ

ސަރވިސް އެލަވަންސް: -/2000 ރުފިޔާ

އިތުރުގަޑ:ި

އިތުރުގަޑީގެ މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އަސާސީ ޝަރުޠު:

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛

3- މަޤާމުގެ މަަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

 މައިގަނޑު މަސައްކަތްތައް:

1- މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މިނިސްޓްރީ އޮފް ހެލްތު ގުޅިވަޑައިގެން ކޮންމެ އަހަރަކު ސްކޫލްތަކުގައި ހިންގަވަން ހަމަޖެހިފައިވާ، ދަރިވަރުންނަށް ފަނީބޭސްދިނުމާއި ވިޓަމިންއޭ ދިނުމުގެ ޕްރޮގްރާމް މި ސްކޫލުގައި ހިންގުން.

2- ހެލްތު ރޫމަށް ގެނެވޭ ދަރިވަރުންނަށް އެހީތެރިވުމާއި ފަރުވާދިނުމުގައި އަވަސް ޚިދުމަތް ފޯރުކޮށްދިނުން.

3- ދަރިވަރުންގެ ޞިއްޙީ ހޭލުންތެރިކަމަށްޓަކައި ސްކޫލާ ގުޅިގެން ތަފާތު ޕްރޮގްރާމްތައް ރާވައިގެން، އެ ޕްރޮގްރާމުތައް ކުރިއަށް ގެންދިއުން.

4- ހެލްތު ރޫމުގައި ދަރިވަރުންނަށް ފުރަތަމަ އެހީދިނުމަށް ޢާއްމުކޮށް ބޭނުންކުރާ ހުރިހާ ސާމާނެއް، ސްކޫލުގެ މެނޭޖެމެންޓުގެ އެހީއާއެކު ހޯދުން.

5- ޞިއްޙީ ކަންކަމާބެހޭ ދުވަސްތައް ފާހަގަކުރުމުގައި ޚިޔާލުދީ އެހީތެރިވުން.

6- ޓާރމަކު އެއްފަހަރު، ދަރިވަރުންގެެ އިސްކޮޅާއި ބަރުދަން ބަލައި، އެ ރެކޯޑްތައް ބެލެހެއްޓުން.

7- ދަރިވަރުންނާއި ބެލެނިވެރިންގެ މެދުގައި ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތައް ހިންގުން.

8- ހެލްތު ރޫމުގެ އިންވެންޓްރީއާއި ސްޓޮކް ބެލެހެއްޓުން.

9- ދަރިވަރުންގެ ސާފުތާހިރުކަން ބެލެހެއްޓުން.

11- ކުލާސްރޫމްތަކާއި، ފާޚާނާތަކާއި، ސްކޫލްތެރޭގެ ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ތަޖުރިބާ
  • މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަމާއި ސިފަތައް.

އިންޓަވިއު އާއި ޕްރެކްޓިކަލް އޮންނާނެ ތަނާއި ތާރީޚާއި ގަޑި:

ސުންގަޑި ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 5 ދުވަހުގެ ތެރޭގައި އިންޓަވިއުއާއި ޕްރެކްޓިކަލް އޮންނާނެ ތަނާއި ތާރީޚު އެންގޭނެއެވެ.

ސުންގަޑި:

2015  އޮގަސްޓު  18  ވާ  އަންގާރަަ  ދުވަހުގެ  13:00  ގެ  ކުރިން  ދ.  އަތޮޅު  މަދަރުސާއަށް  ހުށަހެޅުން  އެދެމެވެ.  ނުވަތަ  މި  މަދަރުސާގެ  [email protected]  އީމެއިލަށް  މެއިލްކޮށްދިނުން  އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 1- ސިވިލް  ސަރވިސްގެ  ވަޒީފާއަށް  އެދޭ  ފޯމު (ސިވިލް  ސަރވިސްގެ  ވަޒީފާއަށް  އެދޭ  ފޯމު،  ރަސްމީ  ކޮންމެ  ދުވަހެއްގެ  ހެނދުނު  7:00  އިން 13:00  އަށް،  މި  މަދަރުސާގެ  އޮފީހުން  ލިބެން  ހުންނާނެއެވެ.  އަދި  ސިވިލް  ސަރވިސް  ކޮމިޝަނުގެ  ވެބްސައިޓުން  މި  ފޯމު  ޑައުންލޯޑް  ކުރެވެން  ވެސްް  ހުންނާނެއެވެ.)

 2- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައި ހުރި ސެޓްފިކެޓްތަކުގެ)

 3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

 4- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީ.ވީ)

 5- ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އަދާކުރަމުންދާ ވަޒީފާއިން ވަކިވުމާމެދު ވަޒީފާ އަދާކުރާތަނުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

 އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަަޢުލޫމާތު ސާފުކުރުމަށް 7952915 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

24 ޝައްޥާލް 1436

10 އޮގަސްޓް 2015