ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)GS08/2015/21
ޕަބްލިޝްކުރި ތާރީޚް: 09 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 16:42
ސުންގަޑި: 19 އޮގަސްޓް 2015 15:00
ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ސްޕޯޓްސް ސުޕަވައިޒަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

 ތިރީގައިމިވާ މަޤާމަށް، މި މަރުކަޒަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

ސްޕޯޓްސް ސުޕަވައިޒަރ

މަޤާމުގެ ގިންތި:

ދާއިމީ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމް ނަންބަރު:

188-OD/22/2015/14

މަޤާމުގެ ރޭންކް:

ޖީ. އެސް. 4

މަޤާމު އޮތް އޮފީސް:

ހއ. އަތޮޅު ތަޢުލީމީ މަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

އިދާރީ

މަސައްކަތް ކުރަން ހަމަޖެހިފައިވާ ތަނާއި ރަށް:

ހއ. އަތޮޅު ތަޢުލީމީ މަރުކަޒު، ހއ. ދިއްދޫ

މުސާރައާއި އެލަވަންސް:

މުސާރަ: -/5020 ރުފިޔާ   ސަރވިސް އެލަވަންސް: -/1500 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

ހަމަޖެހިފައިވާ އުސޫލުގެމަތިން އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ، އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

 

މަޤާމުގެ ޝަރުޠު:

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކެންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ސްކޫލުގައި ހިންގޭ ކުޅިވަރުތަކާ ގުޅޭ ހުރިހާ ހަރަކާތެއް، ޕްރިންސިޕަލް ނުވަތަ ޑެޕިޔުޓީ ޕްރިންސިޕަލްގެ އިރުޝާދުގެދަށުން ރާވައި ހިންގުން.
  • ޕީ. އީ. ގަޑިއަށް އެކި ގްރޭޑްތަކަށް ބޭނުންވާ ތަކެތި ހޯދައި، އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައްކޮށް، އެތަކެތި ހަމަކުރުން.
  • ޕީ. އީ. ނަގައިދޭ ޓީޗަރަކަށް ހާޒިރުނުވެވޭ ޙާލަތްތަކުގައި އެ ޓީޗަރުންގެ ޕީ. އީ. ގަޑިތައް ނެގުން.
  • އިންޓަރ ކްލާހަށް އަމާޒުކޮށްގެން ރާވާ ހަރަކާތްތަކުގެ ފަރިތަކުރުމުގެ ތާވަލް ތައްޔާރުކުރުމާއި، މުބާރާތް ރާވައި ހިންގުން.
  • އިންޓަރ ކްލާސް މުބާރާތްތަކުގެ ފަރިތަކުރުންތަކުގައި ޓީޗަރުންނަށް އެހީތެރިވުން.
  • ދަރިވަރުންގެ ކިބައިގައިވާ ތަފާތު ހުނަރުތައް (ކުޅިވަރާ ގުޅޭ) ދެނެގަނެ، އެ ހުނަރުތައް ތަރައްޤީކުރުމަށް ތަފާތު ޕްރޮގްރާމްތައް ހިންގުން.
  • ކުޅިވަރު ހަރަކާތްތަކަށް އަންނަ ދަރިވަރުން، ސްކޫލުގެ ޤަވާޢިދުތަކަށް ކިޔަމަންވޭތޯ ބަލައި، ޤަވާޢިދާ ޚިލާފުވާނަމަ، އެކަން އިޞްލާޙުކުރުން.
  • ރިސޯސް ބޭފުލަކަށް ޕްރެކްޓިސްއަށް ހާޒިރުވެވަޑައިނުގެންނެވިއްޖެ ހިނދެއްގައި ދަރިވަރުންގެ ކަންތައްތައް ރަނގަޅަށް ބަލައި، މޮނިޓަރކޮށް، ޕްރެކްޓިސް ގަޑި ނަގައިދިނުން.

 

މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރާއި، މަސައްކަތުގެ އަޚުލާޤު.

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި، ސިފަތައް އިންޓަވިޢު ޕެނަލަށް ސާބިތުކޮށްދެވޭ މިންވަރު.

ސުންގަޑި:

ޝަރުޠު ހަމަވާ ފަރާތްތަކުން،  2015 އޮގަސްޓު 19 ވާ ބުދަ ދުވަހުގެ 15:00 ގެ  ކުރިން، ތިރީގައި ބަޔާންކުރެވިފައިވާ ތަކެތި، މި މަރުކަޒަށް ހުށަހެޅުން އެދެމެވެ.

 

 

 

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމްު، ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv  ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި މަރުކަޒުން ވެސް މި ފޯމު ލިބެން ހުންނާނެއެވެ.)
  • ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ (ސެޓްފިކެޓުތަކުގެ އަސްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)
  • މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ސާފު ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް
  • މަސައްކަތު ތަޖުރިބާ ދެނަގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (ލިޔުމުގެ އަސްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)

 

އިންޓަރވިއު:

- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނެ ތާރީޚާއި ވަގުތު، އިޢުލާނުގެ މުއްދަތު ހަމަވުމުން، ރަސްމީ 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. 

- އިންޓަރވިއު އޮންނާނީ، ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. 

- އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ، ޝޯރޓް ލިސްޓް ކުރުމަށްފަހު، ޝަރުޠު ހަމަވާ ފަރާތްތަކުގެ މެދުގައެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންނަމަ 6500014 ނަންބަރު ފޯނަށް އެދެމެވެ. ފެކްސް ނަންބަރަކީ  6500560 އެވެ. މެއިލް އެޑްރެހަކީ [email protected] އެވެ.

  24 ޝައްޥާލް 1436
09 އޮގަސްޓް 2015