ތަމްރީނު
ނަންބަރު: (IUL)166-Schol/166/2015/102
ޕަބްލިޝްކުރި ތާރީޚް: 09 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 16:11
ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ހަޔަރ އެޑިޔުކޭޝަން ލޯން ސްކީމާ ގުޅޭ

އިޢުލާން

ހަޔަރ އެޑިޔުކޭޝަން ލޯން ސްކީމްގެ ދަށުން ހުޅުވާލެވޭ ދާއިރާތަކުގެ ތެރެއިން ސްކިލް ޝޯޓޭޖް ލިސްޓަށް ހުޅުވާލެވި އިޢުލާންކުރާ ދާއިރާއަށް އެޕްލިކޭޝަން ހުށަހެޅުމަށްފަހު، ލޯނު އެހީއަށް ހޮވޭ ދަރިވަރުން މަޤުބޫލު އުޒުރެއްގެ ސަބަބުން ކޯސް ބަދަލުކުރަން ކޮންމެހެން ޖެހިއްޖެނަމަ ކޯސް ބަދަލުކުރުމަށް އެދޭ ސަބަބު ބަޔާންކޮށް ލިޔުމުން ހުށަހެޅުމުން މި ޑިޕާޓްމަންޓްގެ ހުއްދައާއެކު، ކޯސް ބަދަލުކުރެވިދާނެ ކަމުގައި ދެންނެވީމެވެ. ނަމަވެސް ސްކިލް ޝޯޓޭޖް ލިސްޓަށް ހުޅުވާލެވިގެން އިޢުލާންކުރާ ދާއިރާ އިން ވަކި ދާއިރާތަކެއް ނުވަތަ ވަކި ދާއިރާއެއް ކަނޑައެޅި އިޢުލާންކުރެވޭ ފުރުޞަތުތަކަށް ކޯސް ބަދަލެއް ނުކުރެވޭނެއެވެ. އަދި، ކޯސް ބަދަލުކުރުމުގައި ބެލެވޭނީ ކޭސް ބައި ކޭސް ގޮތުގައި ކަމަށްވާތީ، ކޯސް ބަދަލުކުރަން ޖެހިއްޖެ ހާލަތެއްގައި މިޑިޕާޓްމަންޓަށް ލިޔުމުން ހުށަހަޅައި، ހުއްދަ ހޯދައިގެން މެނުވީ ކޯސް ބަދަލުކޮށްގެންނުވާނެ ކަމުގައި ދަންނަވަމެވެ.

 24 ޝައްވާލް 1436

09 އޮގަސްޓް 2015