ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)409/409/2025/20
ޕަބްލިޝްކުރި ތާރީޚް: 26 މާރިޗު 2025
ޕަބްލިޝްކުރި ގަޑި: 21:17
ސުންގަޑި: 27 މާރިޗު 2025 12:00
ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1446 ވަނަ އަހަރު ފިތުރު ޢީދު ސައި ތައްޔާރުކުރުމާއި ގުޅޭ

1446 ވަނަ އަހަރު ފިތުރު ޢީދު ސައި ތައްޔާރުކުރުމާއި ގުޅޭ.

            1446 ވަނަ އަހަރުގެ ފިތުރު ޢީދު ދުވަހުގެ ޢީދު ސައި ތައްޔާރުކުރުމުގެ ގޮތުން ތިރީގައި މި ވާ ބާވަތްތަށް މިކައުންސިލަށް ފޯރުކޮށްދިނުމަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

  • 100 ޕީސް ކުޅި ބޯކިބާ
  • 150 މިނީ ސޭންޑްވިޗް
  • 100 ފެނުކެއްކި ބިސް
  • 100 މީހުންނަށް ކަޅު ސައ
  • 100 މީހުންނަށް އައިސް ކޮފީ
  • 50 މީހުންނަށް އައިސް މައިލޯ

ނޯޓް: ތަކެތި ފޯރުކޮށްދޭންޖެހޭނީ މަސްވެރިންގެ ހަޓަށެވެ.   އިވެލުއޭޓްކުރުން: އަގަށް 100%

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 27 މާރޗް 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް ކައުންސިލް އިދާރާއަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. މިއިޢުލާނާއި ގުޅިގެން ކޯޓޭޝަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ ކުންފުނި، ލޯކަލް އިންވެސްޓްމެންޓް، ޕާރޓްނަރޝިޕް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ. މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. ނުވަތަ 4000012 ނަމްބަރަށް ގުޅުއްވުން އެދެމެވެ.

                    26    ރަމަޟާން  1446

26 މާރިޗު 2025