މަސައްކަތް
ނަންބަރު: (IUL)394/394/2015/26
ޕަބްލިޝްކުރި ތާރީޚް: 06 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 14:36
ސުންގަޑި:
16 އޮގަސްޓް 2015 14:00
ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މަގުބައްތިތައް މަރާމާތުކުރުމާބެހޭ
މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މިރަށުގެ ޖެޓީއާއި މަގުމަތީގައި ޖަހާފައިވާ ބައްތިތައް މަރާމާތުކޮށް އިތުރު ބައްތި ޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ކަމާބެހޭ މަޢުލޫމާތު ދިނުން އޮންނާނީ 16 އޮގަސްޓު 2015 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 14:00 ގައި މިއިދާރާގައެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ 23 އޮގަސްޓު 2015 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 14:00 ގައި މި އިދާރާއަށެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ބޭފުޅުންނާއި، ގަޑި ޖެހުމުގެ ފަހުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާނު ކުރަމެވެ.
21 ޝައްވާލް 1436
06 އޮގަސްޓް 2015