ދިވެހިރާއްޖެ
އެމްޓީސީސީގެ ގްރޭޓަރް މާލެ ސަރަހައްދާއި އަތޮޅުތެރޭގެ ފެރީ ނިޒާމްގައި ބޭނުން ކުރުމަށް ފެރީ ކުއްޔަށްދޭނެ ފަރާތެއްހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު: MTCC-PD/IU/2024/0214 (08 ޖުލައި 2024) އަށް އިތުރު ފެރީ ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފްސީލު |
ތާރީޚް |
ދުވަސް |
ވަގުތު |
މަޢުލޫމާތު ސާފުކުރުން |
27 މާރޗް 2025 |
ބުރާސްފަތި |
11:00 |
އަންދާސީ ހިސާބު ހުށަހެޅުން |
06 އޭޕްރިލް 2025 |
އާދިއްތަ |
11:00 |
މަޢުލޫމާތު ސާފުކުރެއްވުމަށް އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޒޮނެއިރިޔާ ބިލްޑިންގ 3ވަނަ ފަންގިފިލާގެ މީޓިންގްރޫމަށެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މައުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެ ވާހަކަ ދަންނަވަމެވެ.