ދިވެހިރާއްޖެ
އިޢުލާން
މި ކައުންސިލްގެ 03 ވަނަ މަދަޙަ މުބާރާތް އަދި 01 ވަނަ ދީނީ ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުން:
2025 އޭޕްރީލް 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މިކައުންސިލްގެ 03 ވަނަ މަދަޙަ މުބާރާތް އަދި 01 ވަނަ ދީނީ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލަމެވެ. މި މުބާރާތުގައި ރަށުގެ ރަށްވެހިންނާއި ރަށުގައި ދިރިއުޅޭތާ 01 އަހަރުވެފައިވާ ފަރާތްތަކަށް ބައިވެރިވެވޭނެއެވެ.
މަދަހަ މުބާރާތާއެކު މިއަހަރު ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ދީނީ ޕްރޮގްރާމަކީ ބަންގި ގޮވުމާއި އަދި ޚުތުބާ ކިޔުމުގެ މުބާރާތެވެ.
ވީމާ، މި މުބާރާތްތަކުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 17އޭޕްރީލް 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލްގެ ސެލްފް ސާރވިސް ޕޯޓަލް މެދުވެރިކޮށް އެކަމަށް ކަނޑައެޅިފައިވާ ފޯމު ފުރިހަމަކޮށް ހުށަހެޅުއްވުން އެދެމެވެ.
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.