ދިވެހިރާއްޖެ
އިލެކްޝަންސް ކޮމިޝަންގެ އާ ލޯގޯ ތައްޔާރުކުރުން
އިލެކްޝަންސް ކޮމިޝަނަށް އައު ލޯގޯއެއް ފަރުމާކުރުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވުރިވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނަށް ލޯގޯގެ ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން 2015 އޮގަސްޓު 31 ވާ ހޯމަ ދުވަހުގެ 15:00 ގެ ނިޔަލަށް ހުޅުވާލައިފީމެވެ.
ހުށަހަޅާ ލޯގޯތަކުގެ ތެރެއިން އިލެކްޝަންސް ކޮމިޝަނުން ބޭނުންކުރުމަށް ފާސްކުރާ ލޯގޯއެއް ހުށަހެޅި ފަރާތަކަށް -/10,000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދެވޭނެއެވެ.
ތީމް އަދި ކުލަ
- ހުށަހަޅާ ލޯގޯގައި އިންސާފުވެރިކަން، މިނިވަންކަން އަދި ހާމަކަން ރަމްޒުކޮށްދޭންވާނެއެވެ.
- ކުލަ: RGB: 206 147 216
ހުށަހަޅަންޖެހޭ ތަކެތި:
- ހުށަހަޅާ ފަރާތުގެ ފުރިހަމަ މަޢުލޫމާތާ ގުޅޭނެ ނަންބަރު އަދި ހުށަހަޅާ ލޯގޯ ކޮންސެޕްޓް އަދި އެހެނިހެން ފައިލްތައް ހިމެނޭ ޕްރޮޕޯޒަލް (PDF)
- ލޯގޯ (PNG)
- ލޯގޯގެ ކޮރަލްޑްރޯ ނުވަތަ ފޮޓޯޝޮޕް ފައިލް
- ލެޓަރހެޑް ޑިޒައިން ލޯގޯ ބޭނުންކޮށްގެން
- ބިޒްނަސް ކާޑު ލޯގޯ ބޭނުންކޮށްގެން
- އޮފިޝަލް ފާސް ލޯގޯ ބޭނުންކޮށްގެން
ނޯޓް:
1- ލެޓަރހެޑް ފިޔަވައި އެހެން ފައިލްތަކުގެ ސޮފްޓްކޮޕީ ހުށަހަޅަންވާނީ ކޮރަލް X13 ނުވަތަ ފޮޓޯޝޮޕް CS3 އަށް ވުރެ ފަހުގެ ވާރޝަންގައި އިމޭޖް ލޭޔަރސް ވަކިވަކިން ހުންނަ ގޮތަށެވެ.
2- ލެޓަރހެޑް ހުށަހަޅަންވާނީ މައިކްރޯސޮފްޓް ވޯޑް 2007 އަށް ކޮމްޕެޓަބަލް ކޮށެވެ.
24 ޝައްވާލް 1436