ދިވެހިރާއްޖެ
އިޢުލާން
މިކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް، މިރަށުގެ ބަނދަރު ސަރަހައްދުގައި ބިނާކުރުމުގެ މަސައްކަތް ކުރެވެމުންދާ މިސްކިތުގެ މުނަނާރުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މި ބީލަމުގައި ބައިވެރިވެވޭނީ ވި ބީލަމާއި ގުޅިގެން މި އިދާރާއިން ކޮށްފައިވާ މިއިޢުލާނާއި އެއްގޮތަށް ނަންނޯޓްކޮށް ބީލަމުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
- މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިއިޢުލާނާއި އެޓޭޗްކުރެވިފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު އީ-މެއިލް: [email protected] އަށް މެއިލް ކުރުމުން ނުވަތަ ކައުންސިލްގެ ނަންބަރ: 7380052 އަށް ވައިބަރ ކުރުމުން ބީލަމުގައި ރަޖިސްޓްރީ ކުރެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރު ކުރުމަކީ ރަޖިސްޓްރީ ކުރުމަށް ހުށަހަޅުއްވާ ފަރާތުގެ ޒިންމާއެކެވެ.
- ބިޑްގައި ރަޖިސްޓްރީވެވޭނެ އެންމެ ފަހު ތާރީހަކީ 2025 އޭޕްރީލް 14 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 އެވެ. ބީލަން ރަޖިސްޓްރީކުރުމަށް ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައިނުގަނެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. ބިޑް ރަޖިސްޓްރޭޝަން ފޯމު މިއިއުލާނާއެކު ހިމެނިފައިވާނެއެވެ.
- ބިޑާއި ގުޅިގެން ފްރީ ބިޑް ބައްދަލުވުމެއް ނޯންނާނެއެވެ. އެހެންނަމަވެސް، އިތުރު މައުލޫމާތު ސާފުކުރަން ބޭނުންފުޅުވެލައްވާ ނަމަ ތިރީގައިވާ ނަންބަރަށް ގުޅުއްވައިގެން ކުރިއަށް ގެންދިއުން އެދެމެވެ.
- މި ބީލާމާއި ގުޅިގެން މައިގަނޑު ގޮތެއްގައި ކުރަންޖެހޭ މަސައްކަތްތައް؛
- މިސްކިތުގެ މުންނާރުގެ ތަނބުތައް ޖެހުމާއި ކޮންކޮރީޓް މަސައްކަތް.
- މުންނާރުގެ ރާންނަޖެހޭ ބައިތައް ރޭނުމުގެ މަސައްކަތް.
- ސިމެންތިޖެހުމާއި ހަރުގަނޑު ހެދުން.
- މުންނާރުގެ ޕެޓާން (ނަމޫނާއާއި އެއްގޮތަށް) ހަދައި ހަރުކުރުން.
- ކުލަލުމާއި ފިނިޝިންގެ މަސައްކަތްތައް.
6. ބިޑުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކަކަށްވެސް މި މަސައްކަތުގެ މައުލޫމާތު ކަރުދާސް ހިއްސާކުރެވޭނެއެވެ.
7. ބިޑްގައި ރަޖިސްޓްރީ ވެވޭނެ ފަރާތްތަކަކީ:
- ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ނަމްބަރ 2014/18)ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށް.
- އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ނަމްބަރ 2014/19)ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ފަރުދުންނަށް.
- ރަޖިސްޓްރީކުރެވި ހިންގަމުންދާ ކުލަބު ޖަމިއްޔާތައް.
8. މި ބީލަމާއި ގުޅިގެން މާލިއްޔަތު ޤަވައިދުގެ ނަންބަރު 10.43 ގައިވާ ގޮތުގެ މަތިން ބީލަން ހުށައަޅާ ފަރާތުން ބިޑް ސެކިއުރިޓީ އަދި ޕާފޯމަންސް ގެރެންޓީ ހުށައަޅަންވާނެއެވެ. ބިޑް ސެކިއުރިޓީ އަދި ޕާފޮމަންސް ގެރެންޓީ ހުށައަޅާނީ 500,000.00 (ފަސްލައްކަ ރުފިޔާ) އަށްވުރެ މަތީގެ ބީލަންތަކަށެވެ.
9. ބީލަން ހުޅުވުން އޮންނާނީ 2025 އޭޕްރީލް 16 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި މިކައުންސިލް އިދާރާގައެވެ. ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބިޑަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބިޑަށް ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
10. ބަދަލުގައި އަންނަ ފަރާތްތަކުން ބަދަލުގައި އަންނަކަން އަންގައިދޭ ސިޓީއާއި ބަދަލުގައި އަންނަ ފަރާތުގެ އައިޑީ ކާޑުގެ ނަކަލެއް ގެންނަންވާނެއެވެ.
11. ބިޑަށް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބިޑަށް ރަޖިސްޓްރީ ވުމަށް އެދި ފޯމު ހުށަހަޅައި ބިޑަށްލުމުގައި ރަޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
12. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ:
- ކައުންސިލްގެ ނަންބަރު: 6580052 (ނުވަތަ)
- ކައުންސިލް އެގްޒެކެޓިވް – އިމްރާން ޝަރީފް
- ފޯން: 9122102
- އީމެއިލް: [email protected]
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.