މަސައްކަތް
ނަންބަރު: (IUL)459-A/1/2015/76
ޕަބްލިޝްކުރި ތާރީޚް: 09 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 14:10
ސުންގަޑި: 16 އޮގަސްޓް 2015 13:00
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ޑޭޓާ ބޭސް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލަކުން ޢަމަލު ކުރުމުގެ ޤާނޫނު (ނަންބަރު 12/2009) ގެ 57 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށްވެރިންގެ ދަފްތަރު އެކުލަވާލައި އޭގައިވާ މަޢުލޫމާތު ޢާންމުންނަށް ވީހާވެސް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ތައްޔާރުކުރަންޖެހޭ ޑޭޓާ ބޭސް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 16 އޮގަސްޓު 2015 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް (ގ. ބިއްލޫރިޖެހިގެ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 20 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް (ގ. ބިއްލޫރިޖެހިގެ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

24 ޝައްވާލް 1436

09 އޮގަސްޓް 2015