ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 457-HR/1/2015/1011
ޕަބްލިޝްކުރި ތާރީޚް: 13 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 14:08
ސުންގަޑި: 25 އޮގަސްޓް 2015 14:30
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

23 ޖުލައި 2015 ގައި ކުރި އިޢުލާނަށް އެކަށީގެންވާ ފަރާތްތަކުން ކުރިމަތިލާފައި ނުވާތީ އަލުން މި އިޢުލާންގެ މުއްދަތު އިތުރުކޮށް މި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ސީނިއަރ އެކައުންޓްސް އޮފިސަރ   

މަޤާމު

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ކްލެސިފިކޭޝަން

MS2

ރޭންކް

-/6295 ރުފިޔާ

މުސާރަ

ސަރވިސް އެލަވަންސް: -/2000 ރުފިޔާ

ފިނޭންސް އެލަވަންސް: މުސާރައިގެ %35

އެހެނިހެން

އިނާޔަތްތައް

01

ބޭނުންވާ އަދަދު

ފައިނޭންސް އެންޑް އެކައުންޓްސް

ބޭނުންވާ ސެކްޝަން

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، މާލެ

މަސައްކަތްކުރަންޖެހޭ ތަނާއި ރަށް

  • ފައިނޭންސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • ފައިނޭންސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • ފައިނޭންސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ
  • ފައިނޭންސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ ޝަރުޠުތައް

  • ބިޒްނަސް އޭރިޔާ 1011ގެ ލަފާކުރާ ބަޖެޓް ތައްޔާރުކުރުކުރުން.
  • ބިޒްނަސް އޭރިޔާ 1011ގައި ހިމެނޭ ސެކްޝަންތަކުގެ ބަޖެޓް އެކުލަވައިލުމުގެ މަސައްކަތް ކޯޑިނޭޓްކޮށް ބެލެހެއްޓުމާއި، ޑިޕާޓްމަންޓްގެ ލަފާކުރާ ބަޖެޓް އެކުލަވައިލުމުގެ މަސައްކަތްކުރުން.
  • ބިއުރޯއިން ތައްޔާރުކުރާ ތަފާތު ފޮތްތަކާއި ސީޑީފަދަ އާމްދަނީ ލިބޭގޮތަށް ވިއްކާ ތަކެތި ވިއްކުމާއި ލިބޭ ފައިސާ އާމްދަނީ އެކައުންޓަށް ޖަމާކުރުމާ މިކަމާ ގުޅޭ ލިޔެކިއުންތައް ބެލެހެއްޓުން.
  • މި ބިއުރޯގެ ފަރާތުން ދަތުރުތަކުގައި (ރާއްޖޭއާއި ރާއްޖޭން ބޭރުގެ ދަތުރުތައް) ބައިވެރިވެވަޑައިގެންނަވާ މުވައްޒަފުންނަށް ލިބެންޖެހޭ ފައިސާ (ޕޮކެޓް މަނީ، އިންސިޑެންޝަލް އަދި އެހެނިހެން ދަތުރު ޚަރަދު) އާބެހޭ ލިޔެކިއުންތައް ފުރިހަމަކޮށް އެފައިސާ ލިބެންޖެހޭ މުވައްޒަފުންނާ ޙަވާލުކުރުމުގައި އެހީތެރިވެދިނުން
  • އިންޓަރނަލް އޯޑިޓް ކުރުމުގައި ބަޖެޓްގެ ޚަރަދުތަކާބެހޭގޮތުން ކުރިމަތިވާ ސުވާލުތަކަށް ބޭނުންވާ ލިޔެކިއުންތައް ފޯރުކޮށްދިނުން
  • ބިޒްނަސް އޭރިޔާ ނަންބަރު 1011ގެ ކުރިއަށް އޮތް އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތް ޔުނިޓް ހިންގެވުމާ ޙަވާލުވެހުރި މުވައްޒަފެއްގެ ލަފާގެ މަތިން ކުރުމުގެ ގޮތުން :
  • ބިޒްނަސް އޭރިޔާ 1011 ގައި ހިމެނޭ ސެކްޝަންތަކުގެ ބަޖެޓް އެކުލަވައިލުމުގެ މަސައްކަތުގައި އެހީތެރިވެދިނުން.
  • ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ބަޖެޓް ފައިނަލްކުރުމަށްފަހު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ފޮނުވުމުގައި އެހީތެރިވެދިނުން. 
  • ބިޒްނަސް އޭރިޔާ  1011 ގެ މަސައްކަތާއި ގުޅިގެން ބިލްތަކަށް ފައިސާ ދެއްކުމަށްޓަކައި ތައްޔާރުކުރަންޖެހޭ ލިޔެކިއުންތައް ފުރިހަމަކުރުމަށްފަހު (ވައުޗަރު، ވައުޗަރު ރަޖިސްޓްރީ ފުރިހަމަކުރުމާއި އެގްރީމަންޓް/ނޯޓް، ޕީ.އޯ ހަމަތޯ ޗެކްކޮށް)  PAS އިން "ޕާރކް" ކޮށް އަދި ޕޭމަންޓުތައް ފޮލޯއަޕްކުރުން. 
  • ބިޒްނަސް އޭރިޔާ  1011ގެ މަންތްލީ ރިޕޯޓް ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ތައްޔާރުކޮށް ޔުނިޓް ހިންގުމާ ޙަވާލުވެ ހުރި މުވައްޒަފެއްގެ ލަފާގެ މަތިން ފައިނަލްކޮށް މިނިސްޓްރީ އޮފް ފިނޭންސަށާއި އޯޑިޓް އޮފީހަށް ފޮނުވުން.
  • ބިޒްނަސް އޭރިޔާ 1011 ގެ ޕްރޮޖެކްޓުތަކުގެ(NICEF,UNFPA,ADB) މަސައްކަތާ ގުޅިގެންދައްކަންޖެހޭ ބިލްތަކަށް ފައިސާ ދެއްކުމަށްޓަކައި ތައްޔާރުކުރަންޖެހޭ ލިޔެކިއުންތައް ފުރިހަމަކުރުމަށްފަހު (ވައުޗަރު، ވައުޗަރު ރަޖިސްޓްރީ ފުރިހަމަކުރުމާއި އެގްރީމަންޓް/ނޯޓް، ޕީ.އޯ ހަމަތޯ ޗެކްކޮށް) PAS އިން "ޕާރކް" ކުރުން އަދި ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ޔުނިޓްހެޑްގެ ލަފާގެ މަތިން ތައްޔާރުކުރުން. 

މަޤާމުގެ މަސްއޫލިއްޔަތު

އެސިސްޓެންޓް ސްޓެޓިސްޓިކަލް އޮފިސަރ   

މަޤާމު

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ކްލެސިފިކޭޝަން

GS 3

ރޭންކް

-/4465 ރުފިޔާ

މުސާރަ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސް: މުސާރައިގެ %35

އެހެނިހެން

އިނާޔަތްތައް

01

ބޭނުންވާ އަދަދު

ޕަވަޓީ އެންޑް ސޯޝަލް ސްޓެޓިސްޓިކްސް

ސެކްޝަން

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، މާލެ

މަސައްކަތްކުރަންޖެހޭ ތަނާއި ރަށް

  • ސްޓެޓިސްޓިކްސް އާއިގުޅޭ ދާއިރާ ނުވަތަ އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ ޑިމޮގްރަފީ ފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން (ހިސާބު އަދި އިކޮނޮމިކްސް, ކޮމްޕިއުޓިންގ ނުވަތަ އެކައުންޓިންގ) ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، 'އިނގިރޭސި' މި މާއްދާއިން  ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން އަދި  ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން  ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ ޝަރުޠުތައް

މަސައްކަތް ކުރަންޖެހޭ ސެކްޝަން:  ޕަވަޓީ އެންޑް ސޯޝަލް ސްޓެޓިސްޓިކްސް

  • ސާކް ޑިވެލޮޕްމަންޓް ގޯލްސް(އެސްޑީޖީ) އަދިމިލޭނިއަމް ޑިވެލޮޕްމަންޓް ގޯލްސް (އެމްޑީޖީ) ގެލަނޑުދަނޑިތައް ހާސިލްވާމިންވަރު އާއްމުކުރުމަށްޓަކައި ބޭނުންވާ ތަފާސްހިސާބުތައް ހޯދާއެކުލަވާލުން.
  •  ގޭބިސީގެ އާމްދަނީއާއި ޙަރަދުކުރުން ހުރިގޮތުގެ ސާރވޭއިން ފަގީރުކަމުގެ މިންގަނޑުތައް އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތު މިސާރވޭ މެދުވެރިކޮށް ހޯދުމުގެ ގޮތުން ވާންޖެހޭ ތައްޔާރީގެ މަސައްކަތް ކުރުން. މީގެ ތެރޭގައި ސުވާލު ކަރުދާސް ތައްޔާރުކުރުމުގައި އެހީތެރިވުމާއި ޓްރޭނިންގ ދިނުމާއި އަދި ސާރވޭގައި ބައިވެރިވުން.
  • ގޭބިސީގެއާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސާރވޭގެ ފަގީރުކަމުގެ އެނަލިސިސް ހެދުމަށްބޭނުންވާ ތާވަލްތައް ތައްޔާރުކުރުން
  • ރިޕޯޓުތަކަށްކޮމެންޓްކުރުމާއި އެފަދަމަޢުލޫމާތުހިމެނޭ އިޖްތިމާއީ އަދި ފަގީރުކަމުގެ ތަފާސްހިސާބުގެ ސައްހަކަން ބެލުން.
  • ސްޓެޓިސްޓިކަލް ބުލެޓިންއަށް ބޭނުންވާ އެކި ދާއިރާތަކުގެ އިޖްތިމާއީ ތަފާސްހިސާބު ހޯދާ، ފޯމެޓްކޮށް ތައްޔާރުކުރުން.
  • އިޖުތިމާއީ މަޢުލޫމާތު އާންމުކުރުމާއި އަދި އެމަޢުލޫމާތު އެކި ފަރާތްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތްކުރުން.
  • ތަފާސްހިސާބު ހޯދުމަށް ރާއްޖެއާއި ރާއްޖެއިންބޭރުގެ ފަރާތްތަކުން ފޮނުވާ ސުވާލުކަރުދާސް ފުރިހަމަކުރުމުގައި އެހީތެރިވުން.
  • ސްޓެޓިސްޓިކްސް ޑިވިޜަނުންކުރާ ސާރވޭތަކުގަޔާއި 10 އަހަރުން އެއްއަހަރު ބާއްވާ ބޯހިމެނުމުގެ މަސައްކަތުގައި ބައިވެރިވުން.
  • ޔުނިޓުގެ އިން/އައުޓް ސިޓީ އާއި މެމޯ އެންޓަރ ކުރުން.
  • ކޮންމެ ދުވަހެއްގެ ޔުނިޓު/ސެކްޝަންގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

މަޤާމުގެ މަސްއޫލިއްޔަތު

މިމަގާމުތަކަށް ހޮވޭ ފަރާތްތަކަށް މުސާރައިގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ ފައިސާ ދެވޭނެއެވެ.

އިތުރު އިނާޔަތްތައް

މިމަޤާމުތަކަށް ކުރިމަތިލައްވާ، މަޤާމުގެ ޝަރުޠުހަމަވާ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަރވިއު އާއި އިމްތިޙާންކުރުން، އިއުލާންއަށް މުއްދަތު ހަމަވާތާ ދެހަފުތާތެރޭގައި މާލޭގައި އޮންނާނެއެވެ.

އިންޓަރވިއުކުރުމާއި، އަދި އިމްތިޙާން ކުރުން
  • ވަޒީފާގެ ދާއިރާގެ މަސައްކަތުގެ ހުނަރާއި މަޢުލޫމާތު ލިބިފައިވާ މިންވަރު
  • މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު
  • ޖިސްމާނީ، ނަފްސާނީ އަދި ފަންނީ ޤާބިލުކަން ހުރި މިންވަރު 
 މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް
  • ވަޒީފާއަށް އެދޭ ފޯމު
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (ސެޓްފިކެޓެއްނަމަ އެކްރެޑިޓްކޮށްފައިވުން) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
  • ވަޒީފާއަށްއެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުއް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ
  • ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓް ތައް
  • ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

ހުށަހަޅަންޖެހޭ ލިޔުންތައް

ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 15 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ

ޝޯޓް ލިސްޓް ކުރުން

25 އޮގަސްޓް 2015 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ.

ސުންގަޑި
  • ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެ.
  • މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349388 ނުވަތަ 3349395 ނަންބަރު ފޯނާއެވެ.
އިތުރު މަޢުލޫމާތު
13 އޮގަސްޓް 2015