ދިވެހިރާއްޖެ
ޅ. ކުރެންދޫ މެޖިސްޓްރޭޓް ކޯޓް
ކުރެންދޫ، ދިވެހިރާއްޖެ
ނަންބަރު: G3C-B1/2025/4
އިޢުލާން
މިލްކުވެރިކަން:
މިދަންނަވާ ތަކެއްޗާ ތަންތަނުގެ މިލްކުވެރިކަމާމެދު ދަޢުވާ ކުރާ ފަރާތެއްވާނަމަ 07 (ހަތެއް) ދުވަހުގެ ތެރޭގައި މިކޯޓަށް ލިޔުމަކުން އަންގަވައި ދެއްވުން އެދެމެވެ.
1- ޅ. ކުރެންދޫ "ޝަބްނަމީގެ" އެވެ ކިޔާ އަމިއްލަ ގޯއްޗާއި، އެގޯތީގައިވާ އެންމެހައި އިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި، ރުއްގަސް.
2- ޅ. ކުރެންދޫ "ކަށިމާގެ" އެވެ ކިޔާ އަމިއްލަ ގޯއްޗާއި، އެގޯތީގައިވާ އެންމެހައި އިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި، ރުއްގަސް.
18 ރަމަޟާން 1446
18 މާރިޗު 2025