ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-A/266/2025/62
ޕަބްލިޝްކުރި ތާރީޚް: 18 މާރިޗު 2025
ޕަބްލިޝްކުރި ގަޑި: 12:54
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަމަޟާން މަހު ފަހު ދިހައިގެ އިޢުތިކާފާއި ގުޅޭ

             1446 ވަނަ އަހަރުގެ ރަމަޟާންމަހުގެ ފަހުދިހާގެ އިޢުތިކާފްގެ އަޅުކަން އަދާކުރައްވަން ބޭނުންފުޅުވާ ބޭފުޅުން އިޢުތިކާފަށް ތިބުމަށް ހަމަޖައްސަވާފައި ވަނީ މަސްޖިދުލް ޙަޟާރަތު މިސްކިތުގެ މަތީބައިކަމުގައި އެންމެ ބޭފުޅުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

              ވީމާ، މިއަޅުކަން އަދާކުރައްވާ ބޭފުޅުން މިސްކިތާއި މިސްކިތުގެ ގޯތިތެރޭގެ ސާފުތާހިރުކަން ނުގެއްލޭނެ އަދި މިސްކިތުގެ ހުރުމަތްތެރިކަން ކުޑަނުވާނޭ ގޮތުގެމަތިން އަޅުކަމުގެ ކަންތައް ކުރިއަށް ގެންދިއުމަށް ސަމާލުކަން ދެއްވުމަށް ދަންނަވަމެވެ.

              ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

18 މާރިޗު 2025