ދިވެހިރާއްޖެ
އިޢުލާން
ޢިމާރާތް ކުއްޔަށް ދޫކުރުމާއި ގުޅޭ:
މިކައުންސިލްގެ އިމާރާތެއްކަމުގައިވާ ކާޑުގެ ( ބައުއިންޖީނުގެ ) ކޮޓަރިއަކާއި ސިޓިންގރޫމް ހިމެނޭ ( ކައްކާ ކެވޭގޮތަށް ހުރި ) 1187 އަކަފޫޓްގެ ބިން 3000.00 (ތިންހާސް ރުފިޔާ / ހުށަހެޅޭ އެންމެ ކުޑަ އަގު) ފަހެއް (5) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.
ވީމާ، މިތަން ކުއްޔަށް ހިފަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 06 އޭޕްރިލް 2025 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން ނުވަތަ ރަޖިސްޓްރޭޝަން ފޯމް މިއިދާރާގެ ކައުންޓަރުން ނަންގަވާ ފުރިހަމަ ކުރުމަށް ފަހު ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޚް |
ދުވަސް |
ގަޑި |
އަގު ހުށަހެޅުން ( ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި ) |
14 އޭޕްރިލް 2025 |
ހޯމަ |
11:00 |
ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް
- އަގަށް: ސަތޭކަ އިންސައްތަ ( ހުށަހަޅާ އެންމެ މަތީ އަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން )
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.