ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)438-HRU/438/2015/217
ޕަބްލިޝްކުރި ތާރީޚް: 11 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 12:06
ސުންގަޑި: 23 އޮގަސްޓް 2015 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްރޮގްރާމް އޮފިސަރ

ތިރީގައި  މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އެސިސްޓެންޓް ޕްރޮގްރާމް އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

ޖީ. އެސް. 4

އޮފިސަރ ގްރޭޑް 2

މުސާރަ

ސަރވިސް އެލަވަންސް

ސްޕެޝަލް ޑިއުޓީ އެލަވަންސް

-/5,020 ރުފިޔާ

-/1,500 ރުފިޔާ

-/1,757 ރުފިޔާ (އިތުރު ގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

މާލެ/ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ/ އެނަރޖީ ޑިޕާޓްމަންޓް

ބޭނުންވާ އަދަދު

01

ޝަރުޠު

  • ޕްރޮޖެކްޓް މެނޭޖްމަންޓުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި،  އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، ޕްރޮޖެކްޓް މެނޭޖްމަންޓުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • އެނަރޖީ އެފިޝަންޓް އާލާތްތަކަށް އާންމުން އަހުލުވެރިކުރުވުމުގެ ގޮތުން މިނިސްޓްރީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމްތައް ކުރިއަށްގެންދިއުމަށް އެއްބާރުލުން ދިނުން.
  • ހަކަތައިގެ ދާއިރާއިން ބޭއްވޭ ތަފާތު ވާރކްޝޮޕްތަކާއި ކޮންފަރެންސްތައް އިންތިޒާމްކުރުމުގައި އެހީތެރިވުން.
  • ދިވެހިރާއްޖެ ބައިވެރިވާ ބޭރުގެ އެކިއެކި ޖަމްޢިއްޔާތަކުގެ އަހަރީ ޗަންދާ ދެއްކުމަށް ބަޖެޓް ސެކްޝަނަށް ރިކުއެސްޓް ކުރުމާއި ޗަންދާ ބަރާބަރަށް ދެއްކޭކަން ޔަގީންކުރުން.
  • ކޮންމެ މަހަކު ރިނިއުބަލް އެނަރޖީ ޑިވެލޮޕްމަންޓް ފަންޑަށް ލިބޭ ފައިސާ ޖަމާކުރުމަށް ބަޖެޓް ސެކްޝަނާއި ހަވާލުކުރުމާއި ރެޑް
  • ފަންޑުގެ ހުރިހާ ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުން.
  • ޑިޕާރޓްމަންޓުން ބާއްވާ ބައްދަލުވުންތައް އިންތިޒާމްކުރުން
  • ހަކަތައިގެ ދާއިރާ ކުރިއެރުވުމުގެ ގޮތުން ހިންގޭ މަޝްރޫޢުތަކާއި ގުޅިގެން ކުރަންޖެހޭ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވުން.
  • ޔުނިޓު ހެޑަށް އެހީތެރިކަން ދިނުމާއި އޮފީހުގެ އެކިއެކި ނިންމުންތައް ނިންމުމަށް އެހީތެރިވުން
  • މުވައްޒަފުން ތަމްރީނުކުރުމަށް ޑިޕާޓްމަންޓަށް ލިބޭ ފުރުޞަތުތަކުގައި މުވައްޒަފަށް ފުރުޞަތު ލިބޭ ވަރަކުން ބައިވެރިވެ، ބޭނުންވާ މެޓީރިއަލްސް ތައްޔާރުކޮށް ރާއްޖެ ތަމްސީލުކުރުން
  • އެކިތަންތަނަށް ފޮނުވާ ސިޓީ، މެމޯ، އަދި ނޯޓް ފަދަ ތަކެތި ޑްރާފްޓްކުރުމާއި ފޮނުވުން އަދި މަސައްކަތާއި ގުޅުންހުރި ދާއިރާއިން ލިބޭ ތަފާތު ސިޓީފަދަ ތަކެތި ފައިލް ކުރުން.
  • ޑިޕާޓްމަންޓުން އިންތިޒާމްކޮށްގެން ހިންގާ ހުރިހާ ހަރަކާތްތަކެއްގައި އަދި ޑިޕާރޓްމަންޓުން ކުރަންޖެހޭ ކުއްލި އަދި ބޮޑެތި މަސައްކަތްތަކުގައި ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދީ ބައިވެރިވުން.

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • ތަފާސްހިސާބާ ގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު.
  • ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމުު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއެދު އެ އިދާރާއަކުން އިއުތިރާޒު ނުކުރާކަމުގެ ލިޔުން.
  • ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައްވެސް ( އެކްރެޑިޓް ކޮށްފައި ނުވި ނަމަވެސް ) ސިވިލް ސަރވިސްގެ މަގާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ. 
  • މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
  • ސުންގަޑި: 23 އޮގަސްޓު 2015 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް.
  • އިންޓަރވިއު އާއި އިމްތިޙާން ކުރުން 24 އޮގަސްޓު  2015 އާއި 17 ސެޕްޓެންބަރު 2015 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.

26 ޝައްވާލް 1436

11 އޮގަސްޓް 2015