ދިވެހިރާއްޖެ
އިޢުލާން
ރައްޔިތުންނާއި ބައްދަލުކުރުމާއިބެހޭ
މިރަށުގެ ތަރައްޤީ އާއި ގުޅިގެން ދޫކުރަން ހަމަޖެހިފައިވާ ބިންތަކާ ގުޅޭ ގޮތުން ބާއްވާ ރައްޔިތުންގެ ބައްދަލުވުން 2025 މާރިޗު 23 ވާ އާދިއްތަ ދުވަހުގެ ރޭ 21:30 ގައި ކައުންސިލް އިދާރާގެ އާދަމް ޙުސެއިން މާލަމުގައި އޮންނާނެއެވެ.
ވީމާ މި ބައްދަލުވުމަށް ރަށުގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ. މި ބައްދަލުވުމަށް ރަށުގެ ރައްޔިތުންގެ ވީހާވެސް ގިނަ ބަޔަކު ހާޒިރުވެ ދެއްވުމަކީ މިކައުންސިލްގެ ފަރާތުން އެދޭ ވަރަށް ބޮޑުއެދުމެކެވެ.
އެޖެންޑާ:
- އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އެދިފައިވާ ގޮތަށް މިސްކިތް ބިނާ ކުރުމަށް ބިމެއް ދޫކުރުމަށް މަޝްވަރާކުރުން.
- އައުޑޯ ޖިމް ބިނާކުރުމަށް ބިމެއް ކަނޑައެޅުމާމެދު މަޝްވަރާކުރުން.
- ވޭސްޓް މެނޭޖްމެންޓް ސެންޓަރއަށް ބިމެއް ކަނޑައަޅައި މިހާރުގެ ބިން ޓޫރިޒަމް ޒޯން ބިމަކަށް ބަދަލުކުރުމަށް މަޝްވަރާކުރުން.
- ސްލޮޓް 59.7 (ކެފޭ ރެސްޓޯރަންޓް) އެޅުމަށް ކަޑައަޅައިފައިވާ ސްލޮޓް 5000 އަކަފޫޓު ބިމަކަށް ބަދަލުކުރުމަށް މަޝްވަރާކުރުން.
ބައްދަލުވުން އޮންނާނެ ތަނާއި ތާރީޚް އަދި ގަޑި:
ތާރީޚް: 23 މާރިޗު 2025
ގަޑި: 21:30
ތަން: އާދަމް ޙުސައިން މާލަމް
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
18 ރަމަޟާން 1446
18 މާރިޗު 2025