ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)199-GAS/199/2014/38
ޕަބްލިޝްކުރި ތާރީޚް: 13 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 11:36
ސުންގަޑި: 18 އޮގަސްޓް 2015 14:30
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ޓެކްނިކަލް އެޑްވައިޒަރ (ސޯޝަލް ޕްރޮޓެކްޝަން)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމް

ޓެކްނިކަލް އެޑްވައިޒަރ (ސޯޝަލް ޕްރޮޓެކްޝަން)

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އެޑްވައިޒަރ (ސޯޝަލް ޕްރޮޓެކްޝަން)

މުސާރަ

މަހަކު -/30000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ

ސެކްޝަން

ޕޮލިސީ އެންޑް ޕްލޭނިންގ

ވަޒީފާގެ ބާވަތް

ކޮންޓްރެކްޓް

މަސައްކަތުގެ މުއްދަތު

1 (އެކެއް) އަހަރު ދުވަސް (މުވައްޒަފުގެ ޚިދުމަތް މި އެޖެންސީން އިތުރަށް ބޭނުންވާނަމަ، މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެއެވެ.)

މަސައްކަތުގެ ވަގުތު

ދުވާލަކު 8 ގަޑިއިރު

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ ހިންގުން ހަރުދަނާކުރުމަށްޓަކައި ރީސްޓްރަކްޗަރިންއަށް ބޭނުންވާ ކަންތައްތައް، ސީ.އީ.އޯ ގެ އިރުޝާދުގެދަށުން ރާވައި ހިންގުން.
  • ސޯޝަލް ޕްރޮޓެކްޝަން މެނޭޖްމަންޓް ސިސްޓަމް ހަރުދަނާކޮށް، އެކަމުގެ ސިޔާސަތު ކަނޑައަޅައި، މި ސިޔާސަތު ތަންފީޒުކުރުމަށް ހުރިހާ ދާއިރާއެއްގެ ސަމާލުކަމަށް ގެނެސް، މި ސިޔާސަތު ދެމެހެއްޓުމަށް މަސައްކަތްކުރުމާއި މޮނިޓަރކުރުން.
  • ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީގެ، މަޤްޞަދުތައް ހާސިލްކުރުމަށް ބޭނުންވާ ޤަވާޢިދުތަކާއި، ސިޔާސަތުތަކާއި ޕްލޭންތައް އެކަށައަޅައި، އެ ޕްލޭންތައް ތަންފީޒްކުރަމުންދާ މިންވަރު ބަލައި، ނަތީޖާ ހާސިލްކުރަމުންދާ މިންވަރު ދެނެގެންނާނެ ނިޒާމެއް ޤާއިމުކުރުން.
  • ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީއާއި މި އެޖެންސީގެ ދަށުން ތަންފީޒުކުރަމުންގެންދާ އިޖުތިމާޢީ ރައްކާތެރިކަމާ ގުޅޭ ޕްރޮގްރާމްތަކުގެ ދަށުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ތަރައްޤީކުރުމަށް ބައިނަލް އަޤްވާމީ ޖަމްޢިއްޔާތަކުގެ ލަފައާއި އެހީހޯދުމާއި، އެފަދަ ޖަމްޢިއްޔާތަކާއެކު ގުޅުން ބަދަހިކުރުން.
  • ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީގެ މަސައްކަތްތަކާ ގުޅުންހުރި، ރާއްޖެ ބައިވެރިވާ މުޢާހަދާތަކާއި އެއްބަސްވުންތަކުގައި ހިމެނޭ މަސައްކަތްތައް ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ރިޕޯޓް ކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓްކުރުމާއި، އިޞްލާޙު ގެންނަންޖެހޭ ކަންތައްތައް ފާހަގަކޮށް، އިޞްލާޙުކުރުމަށް  ބާރުއެޅުން.
  • އާސަންދަ ސްކީމުން ކުރެވޭ ޚަރަދުތަކާއި، ދެވޭ ޚިދުމަތްތައް ދެމެހެއްޓެނިވިގޮތެއްގައި ކުރިއަށްގެންދިއުމަށް މޮނިޓަރ ކުރުމަށް މި އެޖެންސީގައި ނިޒާމެއް ޤާއިމުކުރުމާއި، އެ މަސައްކަތަށް ބޭނުންވާ މުވައްޒަފުން ތަމްރީނުކުރުން.

 

ތަޢުލީމާއި ތަޖުރިބާ

  • އިޖުތިމާޢީ ރައްކާތެރިކަމާ ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީއެއް ހާސިލްކޮށްފައިވުން. އަދި؛
  • އިޖުތިމާޢީ ރައްކާތެރިކަމާ ގުޅޭ ދާއިރާއިން 3-5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ސޯޝަލް ޕްރޮޓެކްޝަން ޕްރޮގްރާމް ރާވައި މޮނިޓަރކުރުމުގެ މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށާއި، ސޯޝަލް ޕްރޮޓެކްޝަން ޕްރޮގްރާމްތަކަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް، މި މިއެޖެންސީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި www.nspa.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭފަދަ ކޮޕީއެއް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ސުންގަޑި

2015 އޮގަސްޓު 18 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން

2015 ވަނަ އަހަރުގެ އޮގަސްޓު ނުވަތަ ސެޕްޓެންބަރުމަހުގައި، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގައި (އަމީނީ މަގު)

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާ ފޯނު ނަންބަރަކީ 3005330 އެވެ.

28 ޝައްޥާލް 1436

13 އޮގަސްޓް 2015