ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)307/INDIV/2025/20
ޕަބްލިޝްކުރި ތާރީޚް: 17 މާރިޗު 2025
ޕަބްލިޝްކުރި ގަޑި: 13:58
ސުންގަޑި: 25 މާރިޗު 2025 00:00
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ 08 ވަނަ ޤުރުއާން މުބާރާތުގެ ވަނަތަކަށް އިނާމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން:

 (IUL)307/INDIV/2025/20ނަންބަރު

 

އިޢުލާން

ކައުންސިލްގެ 08 ވަނަ ޤުރުއާން މުބާރާތުގެ ވަނަތަކަށް އިނާމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން:

މިކައުންސިލްގެ ފަރާތުން މިރަށުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ކައުންސިލްގެ 08 ވަނަ ޤުރުއާން މުބާރާތް މިއަހަރު ކުރިއަށް ގެންދަނީ 2 ރައުންޑުއަކަށް ބަހާލައިގެންނެވެ. އެހެންކަމުން މިމުބާރާތުގައި ވާދަ ކުރާ ފަރާތްތަކުގެ ތެރެއިން ވަނަވަނައަށް ހޮވޭ ފަރާތްތަކަށް އިނާމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 25 މާރޗް 2025 ވާ އަންގާރަ ދުވަހުގެ ކުރިން މިއިދާރާއަށް ހުށަހަހެޅުއްވުން އެދެމެވެ.  އިނާމުގެ ގޮތުގައި ފައިސާ އަދި ތަކެތި ހުށަހެޅިދާނެއެވެ. އަދި އިނާމުގެ ގޮތުގައި ވަކި ވަނައަކަށް އިނާމު ހުށަހެޅުމުގެ ފުރުސަތުވެސް އޮންނާނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ކައުންސިލް އޮފިސަރ (7447950)އަށް ގުޅުއްވުން އެދެމެވެ. އަދި އިނާމުގެ ގޮތުގައި ފައިސާ ޖަމާކުރާނަމަ ތިރީގައިވާ އެކައުންޓަށް ފައިސާ ޖަމަކޮށްދެއްވުން އެދެމެވެ. އަދި ރިމާކުސް ގައި އެފަރާތަކުން ހުށަހަޅާ ގޮތެއް ލިޔަންވާނެއެވެ.

އެކައުންޓް ތަފްސީލް:

ނަން:

ރެވެނިއު 1

އެކައުންޓް ނަންބަރު:

7717700406001

ވައިބަރ ނަންބަރ:

7380052

ހޮވުމަށް ހަމަޖެހިފައިވާ ވަނަތައް:

1-      ފައުންޑޭޝަން ސްޓޭޖް / ބަލައިގެން އަދި ހިތުން 1،2،3 ވަނަ

2-      ކީސްޓޭޖް 1 / ބަލައިގެން އަދި ހިތުން 1،2،3 ވަނަ

3-      ކީސްޓޭޖް 2 / ބަލައިގެން އަދި ހިތުން 1،2،3 ވަނަ

4-      ކީސްޓޭޖް 3 / ބަލައިގެން އަދި ހިތުން 1،2،3 ވަނަ

5-      ކީސްޓޭޖް 4 / ބަލައިގެން އަދި ހިތުން 1،2،3 ވަނަ

6-      ކީސްޓޭޖް 5 / ބަލައިގެން އަދި ހިތުން 1،2،3 ވަނަ

7-      18 އަހަރުން މަތި / ބަލައިގެން އަދި ހިތުން 1،2،3 ވަނަ

8-      މުޅި މުބާރާތުން ހުރިހާ ގޮތަކުން 1،2،3 ވަނަ

 

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 މާރިޗު 2025