ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 137-IU/PR/2025/34
ޕަބްލިޝްކުރި ތާރީޚް: 17 މާރިޗު 2025
ޕަބްލިޝްކުރި ގަޑި: 13:44
ސުންގަޑި: 07 އޭޕްރިލް 2025 11:00
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އައި.ޖީ.އެމް ހޮސްޕިޓަލުގެ ސާރޖަރީ ޑިޕާރޓްމަންޓަށް ބޭނުންވާ ލޭސަރ މެޝިން /ޕެރިފަރަލް ޑިވައިސަސް އަދި ކޮންސިއުމަބަލްސް ސަޕްލައިކޮށްދޭނެފަރާތެއް ހޯދަން

 

 

ބީލަން ހުށަހެޅުމުގެ ދައުވަތު 

އިޢުލާން ނަމްބަރ:   137-IU/PR/2025/34

ޕްރޮޖެކްޓް ނަމްބަރ: 137-PR/2025/G-01

 

ޕްރޮޖެކްޓްގެ ނަން:އައި.ޖީ.އެމް ހޮސްޕިޓަލުގެ ސާރޖަރީ ޑިޕާރޓްމަންޓަށް ބޭނުންވާ ލޭސަރ މެޝިން /ޕެރިފަރަލް ޑިވައިސަސް އަދި ކޮންސިއުމަބަލްސް ސަޕްލައިކޮށްދޭނެފަރާތެއް ހޯދަން

  

އައި.ޖީ.އެމް ހޮސްޕިޓަލުގެ ސާރޖަރީ ޑިޕާރޓްމަންޓަށް ބޭނުންވާ ލޭސަރ މެޝިނާއި، އެމެޝިނާއިއެކު ބޭނުންކުރާ ޕެރިފަރަލް ޑިވައިސަސް އަދި އެމެޝިންނަށް ބޭނުންވާ ކޮންސިއުމަބަލްސް ސަޕްލައިކޮށްދޭނެފަރާތެއް ހޯދުމަށް ކުރެވުނު އިއުލާން ނަންބަރ: 137-IU/PR/2025/01 އަށް ހުށަހެޅުނު ބިޑްގައި މައްސަލަތަކެއް ހުރުމުން  އެއިއުލާން ބާތިލުކޮށް އަލުން ބީލަމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.   

ބިޑް ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް 

މި ބީލަމުގައި ބައިވެރިވާ ފަރާތަކީ އެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ހުއްދަ ލިބިފައިވާ، ދާއިމީގޮތެއްގައި ހިނގަމުންދާ ތަނެއް ކަމުގައިވާންވާނެއެވެ. އަދި ސަރުކާރުގެ ގަވާއިދާއި އެއްގޮތްވާގޮތުގެމަތިން، ސަރުކާރުގެ ތަންތަނަށް މަސައްކަތްކޮށް ދިނުމަށް އެެއްބާރުލުމަށް އެއްބަސްވާ ފަރާތެއްކަމުގައިވާންވާނެއެވެ. 

  1. މިބީލަމުގައި ރަޖިސްޓްރީވުމަށް ކުންފުނީގެ ނަމާއި އެޑްރެސް، ރަޖިސްޓްރޭޝަން ނަމްބަރު އަދި  ފޯނު ނަމްބަރު އެގޭނެހެން 17 މާރިޗު 2025 އިން ފެށިގެން 26 މާރިޗު 2025 އަށް ތިރީގައި ބަޔާންކޮށްފައިވާ އީމެއިލްއަށް، ފޮނުއްވުން އެދެމެވެ.
  2. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާ ބީލަންތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާތައް ބީލަމުގެ މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާނެއެވެ. މިމަސައްކަތާއިބެހޭ އެންމެހާ ލިޔެކިޔުންތައް18 މާރިޗު 2025  13:00 ން ފެށިގެން މިހޮސްޕިޓަލުގެ ވެބްސައިޓް http://www.igmh.gov.mv/publications/tenders  އިން ޑައުލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތްތަކުގެ ޒިންމާއެވެ.
  3. މިބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 26 މާރިޗު 2025 ގެ 13:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެސްތަކަށް އީމެއިލް ކުރެއްވުން އެދެމެވެ.
  4. ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 10,000ރ (ދިހަހާސް ރުފިޔާ)ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަންވާނެއެވެ.  ބިޑު ސެކިޔުރިޓީގެ  މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން  ފެށިފެން  90 ދުވަހެވެ.
  5. ބީލަން ހުޅުވުން އޮންނާނީ 07 އޭޕްރީލް  2025 ދުވަހު 11:00ގައި އައި. ޖީ.އެމް ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް މީޓިންގ ރޫމްގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ބީލަންތައް ހުންނަންވާނީ މައުލޫމާތު ކަރުދާހުގައި ބަޔާން ކޮށްފައިވާގޮތައް ސިޓީއުރައިގައި ބަންދުކޮށްފައެވެ.
  6. އިތުރު މައުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް 

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، 

ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ 

ފޯނު: +960 3335349 ، +960 3335254 

އީމެއިލް [email protected] 

ކޮޕީ: [email protected] 

    [email protected]

 

17 މާރިޗު 2025