ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)492-PPS/492/2025/29
ޕަބްލިޝްކުރި ތާރީޚް: 17 މާރިޗު 2025
ޕަބްލިޝްކުރި ގަޑި: 13:32
މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ
ދިވެހިރާއްޖެ
ދިވެހިރާއްޖެއަށް ގަސްގަހާގެއްސާއި ގަހުގެ ބައިތައް އެތެރެކުރުމުގެ ހުއްދައަށް އެދޭ ފަރާތްތަކުގެ ސަމާލުކަމަށް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުން ނަންބަރު 2024/4 (4 ފެބްރުއަރީ 2024) ގައި ރަމަޟާންމަހުގެ ފަހުދިހަގެ ދުވަސްތަކަކީ ބަންދު ދުވަސްތަކެއް ކަމުގައި ހަމަޖެއްސުމާއި ގުޅިގެން، ރަމަޟާންމަހުގެ ފަހުދިހައިގެ ދުވަސްތަކުގައި ރާއްޖެ އެތެރެކުރުމަށް ނިންމާފައިވާ ގަސްގަހާގެހީގެ ޝިޕްމެންޓްތަކުގައިވާ ގަސްގަހާގެއްސާއި ގަހުގެ ބައިތައް އެތެރެކުރުމުގެ ހުއްދައަށް އެދޭ ފަރާތްތަކުން 20 މާރިޗު 2025 ވަނަ ދުވަހުގެ ކުރިން ހުއްދަ ހޯދުމަށް ސަމާލުވުމަށް މި ވުޒާރާއިން އިލްތިމާސްކުރަމެވެ. އަދި މިއީ 6 މަސް ދުވަހުގެ މުއްދަތަކަށް ދެވޭ ހުއްދައެއްކަމުން، ދުރާލާ ހުއްދަ ލިބިފައިވާކަން ކަށަވަރުކުރުމަކީވެސް މި ވުޒާރާގެ އެދުމެކެވެ. މިއާއެކު ކުރިން ނެގިފައިވާ ހުއްދަތަކުގައިވެސް އެތެރެކުރާ ބާވަތްތަކުގެ ގަހާއި ގަހުގެބައިތައް ހުރިކަން ކަށަވަރުކުރުމަކީ އެތެރެކުރާފަރާތުގެ ޒިންމާއެކެވެ.

17 މާރިޗު 2025