ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)415-HR/415/2025/65
ޕަބްލިޝްކުރި ތާރީޚް: 17 މާރިޗު 2025
ޕަބްލިޝްކުރި ގަޑި: 13:04
ސުންގަޑި: 19 މާރިޗު 2025 14:00
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރޯދަހަދިޔާގެ ގޮތުގައި ސަރުކާރުން ދެއްވާ މަސްދަޅުކޭސް ބެހުމާއި ބެހޭ

އިޢުލާން

ރޯދަހަދިޔާގެ ގޮތުގައި ސަރުކާރުން ދެއްވާ މަސްދަޅުކޭސް ބެހުމާއި ބެހޭ

ރޯދަ ހަދިޔާގެ ގޮތުގައި ސަރަކާރުން ދެއްވާ މަސްދަޅުކޭސް ގޭގެއަށް ރައްދުކޮށްދިނުމުގެ މަސައްކަތް 08 މާރިޗް  2025 ވީ ހޮނިހިރު ދުވަހުން ފެށިގެން 12 މާރިޗް 2025 ވީ ބުދަ ދުވަހާއި ހަމައަށް ވަނީ ކުރެވިފައެވެ. ނަމަވެސް އެކިއެކި ސަބަބުތަކާއި ހުރެ ބައެއް ގޭބިސީތަކަށް ލިބެންވާ މަސްދަޅު ކޭސްތައް ޙަވާލު ނުކުރެވި ހުރިކަން ފާހަގަ ކުރެވެއެވެ. ޑޮމެސްޓިކް ކަރަންޓު ގުޅާފައިވާ ގޭބިސީތަކުގެ ތެރެއިން މަސްދަޅުކޭސް ލިބިވަޑައިގެންފައި ނުވާ ގޭބިސީތަކަށް މަސްދަޅުކޭސް ދޫކޮށްދިނުމަށް ހަމަޖެހިފައިވަ އެންމެ ފަހު ވަގުތަކީ 19 މާރިޗް 2025 ވާ ބުދަދުވަހުގެ 14:00 އެވެ.

ވީމާ، މަސްދަޅުކޭސް މިހާތަނަށް ލިބިވަޑައިނުގަންނަވާ ގޭބިސީތަކުން ތިރީގައިވާ މަޢްލޫމާތު 7938710 ނަންބަރަށް އެސް އެމް އެސް ނުވަތަ ވައިބަރ މެދުވެރިކޮށް ފޮނުއްވުން އެދެމެވެ. މަޢްލޫމާތު ޗެކު ކުރުމަށްފަހު، މަސްދަޅު ކޭސް ޙަވާލުކުރުމަށް މިއިދާރާއިން ގުޅަމުން ގެންދާނެއެވެ.

  • ގޭގެ ނަން:
  • ގޭގެ ވެރިފަރާތުގެ ނަމާއި އައިޑީކާޑު ނަންބަރު:
  • ގޭބިސީގައި ހުރި ޑޮމެސްޓިކް (ދިރިއުޅުމުގެ ބޭނުންތަކަށް ގުޅާފައިވާ) ކަރަންޓު މީޓަރު ނަންބަރު:

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި ޢިއުލާންކުރަމެވެ.

17 މާރިޗު 2025