ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)NSA-VAM/NSA-VAM/2025/13
ޕަބްލިޝްކުރި ތާރީޚް: 17 މާރިޗު 2025
ޕަބްލިޝްކުރި ގަޑި: 12:16
ސުންގަޑި: 23 މާރިޗު 2025 12:00
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އަހަރީ ޢާއްމު ޖަލްސާގެ ނޯޓިސް

އިޢުލާން

 

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އަހަރީ ޢާއްމު ޖަލްސާގެ ނޯޓިސް

 

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އަހަރީ ޢާއްމު ޖަލްސާ، 2025 މާރިޗް 27 ވަނަ ދުވަހުރޭ 22:30 ގައި ބާއްވާގޮތަށް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ. މި ޖަލްސާ ބާއްވާތަން ފަހުން ދެންނެވޭނެއެވެ.

 

ވީމާ، މި ބައްދަލުވުމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެމްބަރުންނަށް ދަޢުވަތު އަރުވަމެވެ. އަދި މެމްބަރުންނަށް އީ-މެއިލް ކުރެވިފައިވާ "މަންދޫބުންގެ ނަން ހުށަހަޅާ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު، 2025 މާރިޗް 23 ވަނަ ދުވަހުގެ 12:00 ގެ ކުރިން ފޯމް ހުށަހެޅުއްވުން އެދެމެވެ.

 

ޖަލްސާގައި މަންދޫބެއްގެ ގޮތުގައި ބައިވެރިވެވޭނީ މަންދޫބެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

17 މާރިޗު 2025