ޢާންމު މަޢުލޫމާތު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 17 މާރިޗު 2025
ޕަބްލިޝްކުރި ގަޑި: 12:11
ސުންގަޑި: 24 މާރިޗު 2025 00:00
މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ
ދިވެހިރާއްޖެ
މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ 2025 ވަނަ އަހަރުގެ އަހަރީ ޢާއްމު ޖަލްސާ

މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ 2025 ވަނަ އަހަރުގެ އަހަރީ ޢާއްމު ޖަލްސާ

 

އަހަރީ އާއްމު ޖަލްސާ 2025 އަދި ހިންގާ ކޮމެޓީ އައު ދައުރަކަށް ހިންގާ ކޮމިޓީ އިންތިޚާބުކުރުމާއި ބެހޭ

 

މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ އަހަރީ ޢާއްމު ޖަލްސާ 26 މާރިޗު 2025 ވާ ބުދަ ދުވަހުގެ ރޭ 21:30 ގައި ޔޫތު އެކަމަޑޭޝަން ބްލޮކު، ގަލޮޅު ދަނޑުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

 

މިޖަލްސާގައި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ އައު ހިންގާ ގަވާއިދު ފާސްކުރުމާއި ހިންގާ ކޮމެޓީ އައު ދައުރަކަށް އިންތިޚާބު ކުރުން އޮންނާނެއެވެ. ވީމާ ތިރީގައި މިދަންނަވާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު މިކޮމިޓީގެ ފުރިހަމަ މެމްބަރުންނަށް ހުޅުވާލަމެވެ.

 

ރައީސް

ނައިބު ރައީސް

ސެކްރެޓަރީ ޖެނެރަލް

ޚަޒާންދާރު

މެމްބަރު އެޓް ލާރޖް

އެތުލީޓްސް ރެޕްރެޒެންޓޭޓިވް

 

ވީމާ، މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ ފުރިހަމަ މެމްބަރުން "އެތުލީޓްސް ރެޕްރެޒެންޓޭޓިވް" މަޤާމު ފިޔަވައި އެހެން މަޤާމުތަކަށް ނޮމިނޭޓު ކުރައްވާ ފަރާތްތަކުގެ ވަނަވަރާއި އައި.ޑީ.ކާޑުގެ ކޮޕީ 24 މާރިޗު 2025 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީއަށް ލިޔުމުން ހުށައެޅުއްވުމަށް އެދެމެވެ.

 

މިއިންތިހާބުގައި ވޯޓުދެވޭނެ ފަރާތްތަކާއި ނޮމިނޭޓުކުރާ ފަރާތްތަކުގެ ތެރެއިން ބަލައިގަނެވޭނެ ފަރާތްތައް ކަނޑައެޅިގެންދާނީ އިންޓަރނޭޝަނަލް ޕެރަލިމްޕިކް ކޮމިޓީގެ ހޭންޑްބުކްގައި ބުނާ ޝަރުތުތަށް ފުރިހަމަވާ ފަރާތްތައް ކަމުގައި ދަންނަވަމެވެ.

 

މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ ފުރިހަމަ މެމްބަރުން މިޖަލްސާގައި ބައިވެރިވެ ވޯޓް ދެއްވާނެ ފަރާތެއްގެ މަޢުލޫމާތު ޖަލްސާބޭއްވުމުގެ 48 ގަޑިއިރުކުރިން މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީއަށް ލިޔުމުން ހުށަހަޅަންވާނެއެވެ.

17 މާރިޗު 2025