މަސައްކަތް
ނަންބަރު: (IUL)286-CB/286/2025/37
ޕަބްލިޝްކުރި ތާރީޚް: 16 މާރިޗު 2025
ޕަބްލިޝްކުރި ގަޑި: 23:52
ސުންގަޑި: 25 މާރިޗު 2025 14:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެނދިކުޅުދޫގައި އުފެދޭ ކުނި މެނޭޖުކޮށް ރިސައިކަލް ކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ

19 ފެބުރުވަރީ 2025 ގައި މިކައުންސިލުން ކެނދިކުޅުދޫގައި އުފެދޭ ކުނި މެނޭޖުކޮށް ރިސައިކަލް ކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭގޮތުން ކޮށްފައިވާ ނަންބަރު (IUL)286-MP/286/2025/17 އިޢުލާނާ ގުޅިގެން ދަންނަވަމެވެ.

އެކަށީގެންވާ މިންވަރަށް ތަރުހީބު ލިބިފައިވާ ނުވާތީ މަތީގައި ދެންނެވުނު އިޢުލާން ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

އެގޮތުން، ނ.ކެނދިކުޅުދޫ ގޭބިސީތަކުން އުކާލެވޭ ބަދިގެ ބާކީ، ކެނދިކުޅުދޫ ވޭސްޓް މެނޭޖްމެންޓް ސެންޓާރުގައި މެނޭޖުކޮށް، ކުނިން ނަފާލިބޭނެހެން ރިސައިކަލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

އެގޮތުން ކުނީގެ ބާވަތްތަކުގެ ތެރެއިން ބަދިގެއިން އުކާލެވޭ ކުނިވާ ޒާތުގެ ތަކެތި މެނޭޖުކޮށް، ބަޔޯޓެކްނޮލޮޖީގެ ޒަރިއްޔާއިން ކޮމްޕޯސްޓާއި ގަސްކާނާ ހެދޭނެ ނިޒާމެއް، ނ. ކެނދިކުޅުދޫ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގައި ޤާއިމުކުރުމަށް ބޭނުންވެއެވެ.

މިބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކަށެވެ.

  • ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު)ގެ ދަށުން، ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓުރީ ކުރެވިފައިވާ ވިޔަފާރިތައް؛
  • ޤާނޫނު ނަންބަރު 2011/13 (ޕާޓްނަރޝިޕް ޤާނޫނު)ގެ ދަށުން، ޕާޓްނާޝިޕެއްގެ ގޮތުގައި ރަޖިސްޓުރީ ކުރެވިފައިވާ ވިޔަފާރިތައް؛
  • ޤާނޫނު ނަންބަރު 2007/3 (ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނު)ގެ ދަށުން، ކޯޕަރޭޓިވް ސޮސައިޓީއެއްގެ ގޮތުގައި ރަޖިސްޓުރީ ކުރެވިފައިވާ ވިޔަފާރިތައް؛ އަދި
  • ޤާނޫނު ނަންބަރު 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު)ގެ ދަށުން، ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓުރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.

އަދި؛

  • ޤާނޫނު ނަންބަރު 2022/03 (ޖަމްޢިއްޔާތަކުގެ ޤާނޫނު)ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތައް

ނަން ނޯޓް ކުރުން/ ރަޖިސްޓްރޭޝަން

ބީލަން ހުށަހަޅަން ބޭނުންފުޅުވާ ފަރާތްތަކުން، 20 މާރިޗު  2025 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން، ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރޭޝަން ފޯރމު ފުރިހަމަކޮށް ފޮނުވަންވާނެއެވެ.

ރަޖިސްޓްރޭޝަން ލިންކް: https://forms.office.com/r/YGwiBUL3qc

މިއިޢުލާނަށް ބިލަން ހުށަހެޅޭނީ، ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ.

ބީލަން ހުށަހެޅުން

ބީލަން ހުށަހެޅުން އޮންނާނީ  25 މާރިޗު  2025 ވާ އަންގާރަ ދުވަހު 14:00ގައި ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކާއި، ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

ބީލަން ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އެފަރާތުގެ މަޢުލޫމާތު، ލިޔުމުން ނުވަތަ އީމެއިލް މެދުވެރިކޮށް [email protected] އަށް ފޯރުކޮށްދޭން ވާނެއެވެ.

ބީލަން ހުށަހަޅާ ފަރާތަށް ހުށަހެޅޭނީ 1 (އެކެއް) ޕްރޮޕޯސަލެވެ. އެއް ޕްރޮޕޯސަލަށްވުރެ ގިނަ ޕްރޮޕޯސަލް، އެއް ފަރާތަކުން ހުށަހަޅައިފިނަމަ، އެފަރާތަކުން ހުށަހަޅާ ހުރިހައި ޕްރޮޕޯސަލެއް ބާޠިލް ކުރެވޭނެއެވެ. މީގެ ތެރޭގައި އެހެން ފަރާތަކުން ހުށަހަޅާ ޕްރޮޕޯސަލެއްގައި ބައިވެރިވުންވެސް ހިމެނޭނެއެވެ.

ބީލަމާއެކު ހުށަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަކޮށް ސޮއިކޮށްފައިވާ ބީލަން ހުށަހަޅާ ފޯމް.
  2. ކުންފުނި، ކޯޕަރޭޓިވްސް، ޕާޓްނާރޝިޕް އަދި ވިޔަފާރި ފަދަތަންތަނުން ހުށަހަޅާ ބީލަން ފޯމުގައި އެތަނެއްގެ ސިއްކަ އޮތްނަމަ ސިއްކަ ޖަހަންވާނެއެވެ.)
  3. ފުރިހަމަކޮށް ސޮއިކޮށްފައިވާ ޗެކްލިސްޓް (ބީލަން ހުށަހަޅާ ފޯމުގެ ފަހަތުގައިވާ)
  4. ކުންފުނި، ކޯޕަރޭޓިވްސް، ޖަމްޢިއްޔާ އަދި ޕާޓްނާރޝިޕް އަކުން ހުށަހަޅާނަމަ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ

އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީއާއި ވެރިފަރާތުގެ އައިޑީ ކާޑް ކޮޕީ

  1. ޖީ. އެސް. ޓީ ރަޖިސްޓަރީ ކޮންފައިވާނަމަ ޖީ އެސް. ޓީ ސެޓްފިކެޓްގެ ކޮޕީ. ރަޖިސްޓަރީ ނުކުރާނަމަ މީރާގައި ވިޔަފާރި ރަޖިސްޓަރީކުރިކަމުގެ ލިޔުމުގެ ކޮޕީ.
  2. އެންމެ ފަހުން ވިޔަފާރީގެ ފީ ދެއްކި ރަޝީދުގެ ކޮޕީ (ޕްރައިވެޓް އަދި ޕަބްލިކް ލިމިޓެޑް ކުންފުނިތައްނަމަ)
  3. ބީލަމުގައި ވެރިފަރާތް ނޫން އެހެން ފަރާތަކުން ސޮއިކުރާނަމަ ސޮއިކުރުމުގެ އިޚްތިޔާރުދީފާއި އޮތްކަމުގެ ލިޔުން.

- ފަރުދީ ވިޔަފާރި، ޕާޓްނާރޝިޕް އަދި ކޯޕަރޭޓިވް ސޮސައިޓީތަކުން ސޮއިކުރުމުގެ އިޚްތިޔާރުދީފައިވާ ކަމުގެ ޕަވަރ އޮޕް އެޓާރނީ ހުށަހަޅަންވާނެއެވެ.

- ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރނޫން އެހެން ފަރާތަކުން ސޮއިކުރިނަމަ ބޯޑު ރިޒޮލިއުޝަން ހުށަހަޅަންވާނެއެވެ.

  1. ކެނދިކުޅުދޫ ކައުންސިލް އިދާރާއަށް ފައިސާއެއް ދައްކަން ޖެހިފައިނެތްކަން ބަޔާންކޮށް ކައުންސިލުން ދޫކޮށްފައިވާ ލިޔުން (މިލިޔުން ހުށަހެޅުން ލާޒިމެއް ނޫނެވެ. ބީލަން ކާމިޔާބުވާ ފަރާތްތަކަށް ބިން ޙަވާލުކުރެވޭނީ ކައުންސިލަށް ދައްކަންޖޭހޭ ފައިސާއެއް ނެތްނަމައެވެ.)
  2. ބީލަން ހުށަހަޅާ ފަރާތުގެ ޕްރޮފައިލް

ޕްރޮފައިލްގައި ހުށަހަޅަންޖެހޭ މައިގަނޑު މައުލޫމާތުތަކީ:-

ހ) ކުރިމަތިލާ ފަރާތުގެ މަޢުލޫމާތު

ށ) ކުންފުނި، ޕާޓްނަރޝިޕް ނުވަތަ ކޯޕަރޭޓިވްސް ފަދަ ތަނަކުން ހުށަހަޅާނަމަ ބޯޑު މެންބަރުން އަދި މެނޭޖިންގ ޑިރެކްޓަރ / މެނޭޖިން ޕާޓްނާރ ފަދަ އިސްމަގާމުތަކުގައިވާ ފަރާތްތަކުގެ މަޢުލޫމާތު

ނ) ބީލަން ހުށަހަޅާ ފަރާތުން ޢާންމުކޮށް ކުރާ ވިޔަފާރި / މަސައްކަތްތައް

  1. ޕްރޮޕޯސަލްގައި ހިމަނަންޖެހޭ މައިގަނޑު ކަންކަން:

-          ބަދިގެ ކުނި މެނޭޖުކޮށް ރިސައިކަލްކުރުމަށް ހުށަހަޅާ ގޮތުގެ ތަފްޞީލު.

-          ވޭސްޓް މެނޭޖްމެންޓް ސެންޓަރ ބޭނުންކުރާނެގޮތުގެ ތަފްޞީލު.

-          ވޭސްޓް މެނޭޖްކޮށް ރިސައިކަލްކުރުމަށް ޤާއިމުކުރާ އިންފްރާސްޓްރަކްޗާރގެ ދަށުން ތަރައްޤީކުރާ ތަންތަން އެނގޭނެ ޗާރޓު.

-          ރިސައިކަލްކުރުމުން އުފެދޭ ޕްރޮޑަކްޓްތައް.

-          ޕްރޮޑަކްޓްތައް ބޭނުންކުރެވޭނެ ގޮތް ނުވަތަ ޢާމްދާނީ ހޯދޭނެ ގޮތް.

-          ޕްރޮޑަކްޓް މާރކެޓްކުރުން.

-          އުކާލެވޭ ޕްލާސްޓިކު، ދަގަނޑު އަދި ބިއްލޫރި ފަދަ ތަކެތިން ޢާމްދަނީ ހޯދުމަށް ކޮށްދެވޭނެ ކަންކަން.

-          އިޖުތިމާޢީ ޒިންމާގެދަށުން ކުރުމަށް ހުށަހަޅާ ކަންކަން.

ބީލަން ވަޒަންކުރުން:

ބީލަން ކާމިޔާބުކުރާ ފަރާތެއް ކަނޑައެޅުމަށްޓަކައި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތާއި އިސްކަންދޭނެ ތަރުތީބު

 

70%

އަގަށް:

ކުނި މެނޭޖްކުރުމަށް ޤާއިމްކުރަންޖެހޭ ވަޞީލަތްތައް ޤާއިމުކުރުމަށް ހުށަހަޅާ އެންމެ ކުޑަ އަގު ބެންޗުމާކު ކަމަށް ބަލައިގެން މާކްސްދޭ ގޮތަށެވެ.

30%

ފޯމާއެކު ހުށަހަޅާ ޕްރޮޕޯސަލް:

( ފްރޮޕޯސަލްއަށް މާކްސްދޭނެ އުޞޫލު ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.)

100%

ޖުމްލަ:

ޕްރޮޕޯސަލަށް މާކްސް ދެވޭނެ ގޮތް:

 

 

 

10%

މުއްދަތަށް:

ޚިދުމަތް ދިނުމަށް ފަށާނެ މުއްދަތު:

-          މިބަޔަށް މާކްސް ދިނުމުގައި ބަލާނީ ޚިދުމަތްދެވޭނެ ފެންވަރަށް ވޭސްޓް މެނޭޖުމެންޓް ސެންޓަރު ތައްޔާރުކޮށް އޮޕަރޭޝަނަށް ގެންނަށް ހުށައަޅާ މުއްދަތަށެވެ.

-          ހުށަހަޅާ އެންމެ ކުރު މުއްދަތު ބެންޗުމާކު ކަމަށް ބަލައިގެން މާކްސް ދޭގޮތަށެވެ.

 

 

 

 

 

15%

ފޯރުކޮށްދޭ ޚިދުމަތްތަކަށް:

-          ހުށަހަޅާ ޕްރޮޕޯސަލްގައި ފޯރުކޮށްދިނުމަށް ހުށަހަޅާފައިވާ ޚިދުމަތްތަކަށް ބަލާ، އެންމެ ގިނަ ޚިދުމަތުގެ އަދަދު ބެންޗްމާކު ކަމަށް ބަލައިގެން މާކްސް ދޭގޮތަށެވެ.

5%

 

ތަޖުރިބާ:

މާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވަލުއޭޝަންއިން ފާސްވާ ފަރާތްތަކުގެ ތެރެއިން، މަސައްކަތާ ގުޅުންހުރި ދާއިރާގައި ކޮށްފައިވާ މަސައްކަތްތަކާއި ކުރަމުންދާ މަސައްކަތަކަށެވެ. އެގޮތުން ހުށައަޅާ ކޮންމެ ލިޔުމަކަށް ލިބޭނީ 2 (ދޭއް) މާކްސް އެވެ. އަދި ނިސްބަތުން އެންމެ ގިނަ މާކްސް ލިބޭ ފަރާތަށް އެންމެ ގިނަ ޕޮއިންޓް ދީ ބެންޗުމާކުގެ ގޮތުގައި ބަލައިގެން އެހެން ބީލަންތަކަށް ޕޮއިންޓް ދެވޭނެއެވެ.

30%

ޖުމުލަ:

 

އިތުރު މަޢުލޫމާތު:

އެކަށީގެންވާ އަދަދަށް ބިޑު ލިބިފައި ނުވާނަމަ  އަދި ހުށަހަޅާފައިވާ ބިޑްތަކުގެ އަގާއި މުއްދަތު އެކަށީގެންނުވާނަމަ މި އިޢުލާނު ބާޠިލްކުރުމުގެ އިޚްތިޔާރު ނ. ކެނދިކުޅުދޫ ކައުންސިލަށް ލިބިގެން ވެއެވެ.

-          ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ

-          ނ. ކެނދިކުޅުދޫ، ދިވެހިރާއްޖެ،

-          ފޯން: 6560013 ނުވަތަ 6560663 (ރަސްމީ ގަޑީގައި)

-          އީމެއިލް: [email protected]

މިމަސައްކަތައް ޝައުގުވެރިވާ ފަރާތްތަކުން 20 މާރިޗު 2025 ވާ ބުރާސްފަތި ދުވަހު 13:00ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށްފަހު،  25 މާރިޗު  2025 ވާ އަންގާރަ ދުވަހު 14:00 ގައި ކެނދިކުޅުދޫ ކައުންސިލަށް ވަޑައިގެން ބީލަން ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

16 ރަމަޟާން 1446

16 މާރިޗު 2025