ދިވެހިރާއްޖެ
މިއޮފީހުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ބާއްވާ ހަފުލާއަށް ތިރީގައިވާ މަޢުލޫމާތާ އެއްގޮތަށް، ތަން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިހަފުލާ ބާއްވަން ހަމަޖެހިފައިވަނީ 27 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގައެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ޓޭބަލް ފުރިހަމަކުރެއްވުމަށްފަހު 18 އޮގަސްޓު 2015 ވާ އަންގާރަ ދުވަހުގެ 13:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ކަނޑައެޅިފައިވާ ގަޑިއަށް ހާޒިރުވާ ފަރާތްތަކަށެވެ. އަންދާސީހިސާބު އިވެލުއޭޓު ކުރާނީ ހުށަހަޅާ ޖުމްލަ އަގަށް ބަލައިގެންނެވެ.
ކުރަންޖެހޭ މަސައްކަތާއި އަގު ހުށަހަޅަންވީގޮތް
މަސައްކަތުގެ ތަފުސީލު |
ހުށަހަޅާ އަގު |
ދަރުބާރުގެ އަމީނީމަގަށްވާ އެންޓްރެންސްގެ ގޯތިތެރޭގައިވާ ގަސްތައް ދިއްލުން. |
|
ދަރުބާރުގެ ބޮޑުތަކުރުފާނު މަގަށްވާ އެންޓްރެންސްގެ ގޯތިތެރޭގައިވާ ގަސްތައް ދިއްލުން. |
|
ދަރުބާރުގެ ރަންނަބަނޑޭރި މާލަމާއި ސްޓޭޖްގެ ލައިޓިންގ ހަދައިދިނުން. (އިވެންޓާ ގުޅޭގޮތަށް ލައިޓް ސްވިޗްކުރެވޭނެގޮތް ހެދިފައި ހުރުމާއި، ޖަލްސާއެއްގެ މާޙައުލާ ގުޅޭގޮތަށް ލައިޓިންގ ތައްޔާރުކުރެވިފައި ހުރުން.) |
|
ދަރުބާރުގެ ރަންނަބަނޑޭރި މާލަމުގެ ސައުންޑް ހަދައިދިނުން. (އެމް.ސީން ބޭނުންކުރުމަށް 2 ވަޔަރލަސް އިއަރޕީސް މައިކް އަދި ސްޓޭޖް މައިކްގެ އިތުރުން ސައުންޑް ސްވިޗިންގ ހެނދޭނެގޮތަށް ހުރުމާއި، ހަފުލާގެ އިވެންޓްތަކާ ގުޅޭގޮތަށް ސައުންޑް ހަދާފައިހުރުން.) |
|
2 ޕްރޮޖެކްޓަރ (lummen Full HD (or Higherފ7500 ސްވިޗިންގ ސިސްޓަމާއެކު. |
|
56ft x 10ft ގެ ބެކްޑްރޮޕެއް ހަދައި، ކަސްޓަމްސްއިން ދޭ ޑިޒައިނާ އެއްގޮތްވާގޮތުގެ މަތިން ކެންވަސްއަށް ޕްރިންޓްކޮށް، ބެކްޑްރޮޕްގައި ހަރުކޮށްދިނުން. |
|
ޖުމްލަ އަގު: |
|
އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ، މިއޮފީހުގެ ނަންބަރު 3334144 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.
26 ޝައްވާލް 1436