މަސައްކަތް
ނަންބަރު: (IUL)22-PU/1/2015/279
ޕަބްލިޝްކުރި ތާރީޚް: 11 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 10:12
ސުންގަޑި: 17 އޮގަސްޓް 2015 14:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޓެސްޓް ޕޭޕަރ ޗާޕުކުރަން

ޓެސްޓް ޕޭޕަރ ޗާޕުކުރަން ބޭނުންވެއްޖެ

ވާރލްޑްބޭންކުގެ އީ.އީ.ޑީ.ޕީ ޕްރޮޖެކްޓްގެ ދަށުން ހިންގާ 2015 ވަނަ އަހަރުގެ ނެޝަނަލް އެސެސްމަންޓްގެ ޓެސްޓް ޕޭޕަރުތަކާއި ސާރވޭ ސުވާލު ކަރުދާސްތައް ޗާޕުކުރުމަށް ކުރެވުނު މިމިނިސްޓްރީގެ ނަންބަރު: IUL)22-PU/1/2015/256) އިޢުލާނާ ގުޅިގެން އަގު ހުށަހެޅި 3 ފަރާތްތަކުގެ ތެރެއިން އެއް ފަރާތަކުން ހުށަހަޅަންޖެހޭ ބައެއް ލިޔެކިޔުން ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.

ވީމާ، މިމަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

17 އޮގަސްޓު 2015 (ހޯމަ) ދުވަހުގެ 14:00 އަށް

19 އޮގަސްޓު 2015 (ބުދަ) ދުވަހުގެ 14:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436/3341403 ނަންބަރު ފޯނާއެވެ.

26 ޝައްވާލް 1436

11 އޮގަސްޓް 2015