ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)201-A/1/2025/3
ޕަބްލިޝްކުރި ތާރީޚް: 16 މާރިޗު 2025
ޕަބްލިޝްކުރި ގަޑި: 14:21
ސުންގަޑި: 30 މާރިޗު 2025 14:00
މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ސްޓެޓިސްޓިކަލް އޮފިސަރ

މަޤާމް:

ސްޓެޓިސްޓިކަލް އޮފިސަރ

ބޭނުންވާ އަދަދު:

01

ސެކްޝަން:

އެއާޓްރާންސްޕޯޓް ސެކްޝަން

އަސާސީ މުސާރަ:

7,035.00 ރ

ސާވިސް އެލަވަންސް:

4,000.00 ރ

ނޮންޕްރެކްޓިސިންގ އެލަވަންސް:

3,165.75 ރ

ވަޒީފާ އަދާކުރަންޖެހޭތަން:

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ކ.މާލެ

ފެންވަރު ނުވަތަ ޝަރުތު:

ސްޓެޓިސްޓިކްސް ނުވަތަ ސްޓެޓިސްޓިކްސްއާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ޙާސިލް ކޮށްފައިވުން ނުވަތަ އެ ފެންވަރުގެ ސަނަދެއް ލިބިފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  1. ސިވިލް އޭވިއޭޝަންގެ ޤާނޫނާއި ސިވިލް އޭވިއޭޝަންގެ ޤަވާއިދުތަކާއި އެސް އޯ ޕީތަކުގައިވާ ގޮތުގެ މަތީން ސްޓެޓިސްޓިކަލް އޮފިސަރގެ މަސްޢޫލިއްޔަތުތަކާއި ޒިންމާތައް އަދާ ކުރަމުން ގެންދިއުން
  2. ރާއްޖެ އެއާޕޯޓް ތަކުގެ މަތިންދާބޯޓު، ފަސިންޖަރުން، ފްރެއިޓްގެ ތަފާސް ހިސާބުތައް ނަގާ، ބެލެހެއްޓުން
  3. ރާއްޖޭގައި އޮޕަރޭޓްކުރާ އެއާލައިންތަކާއި، ރާއްޖެއިން ބޭރުން ރާއްޖެއަށް އޮޕަރޭޓްކުރާ އެއާލައިންތަކުގެ ތަފާސް ހިސާބުތައް ނަގާ ބެލެހެއްޓުން
  4. ރާއްޖޭގެ ވައިގެދަތުރުފަތުރުގައި ދިމާވާ އެކްސިޑެންޓް/އިންސިޑެންޓް ތަކުގެ ތަފާސް ހިސާބު އެއްކޮށް ބެލެހެއްޓުން
  5. ރާއްޖޭގައި އޮޕަރޭޓް ކުރަމުންދާ މަތިންދާބޯޓު ފަހަރުގެ ފްލީޓް ޕާރފޯމަންސް / އެންޑް ރެލައިބިލިޓީ ތަފާސް ހިސާބުތައް ނަގާ ބެލެހެއްޓުން
  6. ސޭފްޓީ އޮޑިޓް ފައިންޑިންގްސް ތަކުގެ ތަފާސް ހިސާބު އެއްކޮށް ބެލެހެއްޓުން
  7. މަތީގައިވާ ޑޭޓާތައް އެނަލައިޒްކޮށް، ސެކްޝަންތަކަށް ބޭނުން ފޯމަޓް ތަކަށް ޓެބިއުލޭޓް ކުރުން
  8. އައިކާއޯ އަށް ބޭނުންވާ ތަފާސް ހިސާބުގެ ރިޕޯޓްތައް ތައްޔާރުކޮށް ޤަވާއިދުން ICAO އަށް ހުށަހެޅުން
  9. ސަރުކާރުގެ އިދާރާ ތަކަށާއި، އައިކާއޯއަށް، ފޮނުވަންޖެހޭ ތަފާސް ހިސާބުތައް ފޮނުވުން
  10. ވައިގެދަތުރުފަތުގެ  ތަފާސް ހިސާބާއި ބެހޭގޮތުން އަންނަހުރިހާ ލިޔުންތަކެއް ބަލައި ޖަވާބުދިނުން

ހުށަހަޅަންޖެހޭ ލިޔުން:

  1. ވަޒީފާއަށް އެދޭ ފޯމް (އޮތޯރިޓީގެ ވެބްސައިޓުން (https://www.caa.gov.mv/forms) ލިބެން ހުންނާނެ)
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
  3. ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ (އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ އަސްލު)
  4. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ

   -  ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އޮފީހެއްގެ ތަފާތު މަޤާމުތަކުގައި އަދާކޮށްފައިވީ ނަމަވެސް) ވަކި ވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

   5. 3 މަސްނުވާ ޕޮލިސް ރިޕޯޓް

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން:

30 މާރިޗު 2025 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އީމެއިލް: [email protected] އަށް

އިންޓަރވިއު ކުރުން:

އިންޓަރވިއު އަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ކުރެވޭ ފަރާތްތަކަށް ކަމަށް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ނޯޓް:

  1. ގިނަ ވަގުތުގައި މަސައްކަތް ކުރެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  2. އެޕްލިކޭޝަން މި އޮތޯރިޓީއަށް ލިބުނުކަން އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތަށް އެންގޭނެއެވެ.
  3. ވަޒީފާއަށް އެދި ހުށަހަޅުއްވާ ހުރިހާ ލިޔުމެއްވެސް ހުންނަންވާނީ PDF ފޯމެޓުގައެވެ.
  4. ރަމަޟާން މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުން މި މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ އިވެލުއޭޝަން މަސައްކަތްތައް ކުރިއަށް ދާނީ 6 އޭޕްރީލް 2025 އިން ފެށިގެންކަމުގައި ދަންނަވަމެވެ.
16 މާރިޗު 2025