ދެންނެވުން
ނަންބަރު: IL/2025/10883
ޕަބްލިޝްކުރި ތާރީޚް: 16 މާރިޗު 2025
ޕަބްލިޝްކުރި ގަޑި: 13:49
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އިޢުލާން

މި އޮތޯރިޓީގެ ނަންބަރު: IL/2025/10558 (10 ފެބުރުވަރީ 2025) އިޢުލާނާ ހަވާލާދީ ދަންނަވަމެވެ.

 

1446 ވަނަ އަހަރުގެ  ރަމަޟާން މަހުގެ ފަހު ދިހައިގެ  ދުވަސްތަކާއި އަދި ފިޠުރު ޢީދު  އާއި ގުޅުވައިގެން 03 އޭޕްރީލް އާ ހަމައަށް ސަރުކާރު ބަންދުވުމާއި ގުޅިގެން، ޢާންމުންނަށާއި ބޭންކުތަކަށް ޚިދުމަތް ދިނުމަށް ތިރީގައި މިވާ ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 01:00 މި އޮތޯރިޓީ ހުޅުވާފައި ހުންނާނެ ކަމުގައި ދަންނަވަމެވެ.

  • 20 މާރިޗު  2025
  • 27 މާރިޗު  2025
  • 29 މާރިޗު  2025 

 

އަދި، މި ދުވަސްތަކުގައި ބޭންކިންގެ ޚިދުމަތްތަކާއި، ސިޓީއާއި ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަނިވި ގަޑިތަކުގައެވެ.  

 

  • ބޭންކިންގ ޚިދުމަތް (ފައިސާ ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް): ހެނދުނު 09:30 އިން މެންދުރު 12:00 އަށް.
  • ސިޓީ އާއި ތަކެތި ބަލައިގަތުން: ހެނދުނު 09:30 އިން މެންދުރު 12:00 އަށް.

 

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 މާރިޗު 2025