ދިވެހިރާއްޖެ
(IUL)307/INDIV/2025/19
ކައުންސިލްގެ ބެލުމުގެ ދަށުގައިހުރި ބައެއް ރުއްގަސް ނީލަން އުސޫލުން ދޫކޮށްލުމާއި ގުޅޭ:
މިރަށު ބަނދަރު ސަރަހައްދުގައި ހުރި ބައެއް ރުއްތަކާއި ބައު މިސްކިތު ގޯތިތެރޭގައި ހުރި ބައެއް ރުއްގަސް އަދި ކައުންސިލް ބިން ނަމްބަރ 1 ގައިވާ ބަނބުކެޔޮ ގަސް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތައް ނީލަން އުސޫލުން ދޫކޮށްލަން ބޭނުންވެއްޖެއެވެ.
ނީލަން އުސޫލުން ދޫކޮށްލަން ބެހިފައިވާ ގޮތް:
- ބަނދަރު ހުޅަނގަށް 1 އިން 8 އަށް އަދި 31،30 ކަޅުކުލައިން ނަންބަރު ޖަހާފައިހުރި 10 ރުއް.
- ބަނދަރުގެ އިރުމަތީ ސަރަހައްދުގައި ހަދާފައިވާ ކެފޭ ސަރަހައްދުގައި 16 އިން 23 އަށް ކަޅުކުލައިން ނަންބަރު ޖަހާފައިހުރި 8 ރުއް.
- ބައު މިސްކިތް ގޯތިތެރޭގައިހުރި 14 ރުއް.
- ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ބިން ނަންބަރު 2 (ކަށިމާގޭ ހުޅަނގުން ޖެހިގެން އޮތް ހުސްބިން) ގައި ހުރި 01 ބަނބުކެޔޮ ގަސް.
ވީމާ، މި ރުއްގަސްތައް ނީލަން އުސޫލުން ނެންގެވުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ނީލަމުގައި ބައިވެރިވުމަށްޓަކައި 19 މާރޗް 2025 ވާ ބުދަ ދުވަހުގެ މެންދުރުފަހު 12:45 އަށް ބަނދަރު ސަރަހައްދަށް ( ކައުންސިލް އިދާރާ ކުރިމައްޗަށް) ވަޑައިގެންދެއްވުން އެދެމެވެ. ކޮންމެ ބަޔަކަށް ވަކިން ނީލަން ފެއްޓޭ އަގަކީ 1500 ރުފިޔާއެވެ.
16 ރަމަޟާން 1446
16 މާރޗް 2025