ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)10-F/10/2025/29
ޕަބްލިޝްކުރި ތާރީޚް: 16 މާރިޗު 2025
ޕަބްލިޝްކުރި ގަޑި: 13:24
ސުންގަޑި: 06 އެޕްރީލް 2025 10:00
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
މިނިސްޓްރީއަށް ބައެއް ފަރުނީޗަރ ގަންނަން ބޭނުންވެއެވެ.

       މިނިސްޓްރީގެ ދަށުން ކ.ހިންމަފުށީގައި ހިންގާ ނޭޝަނަލް ރީ އިންޓަރގްރޭޝަން ސެންޓަރަށް ބޭނުންވާ ތިރީގައިވާ ފަރުނީޗަރު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

1 ޑަބަލް އެނދު ''6'6×'4

16 އަލަމާރި (2 ދޮރުފަތްލީ (އާދައިގެ ހުޅުވާ ދޮރުފަތް) ލޯގަނޑާއިއެކު)

5 އަލަމާރި (1 ދޮރުފަތްލީ ލޯގަނޑާއެކު)   

          ވީމާ، މި ތަކެތި ވިއްކުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާ އެއްފަތްކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތުގެ އިތުރުން، އިތުރު އެއްވެސް މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާނަމަ މި މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް 2025  މާރިޗު  19 ވަނަ ދުވަހުގެ 12:00 ގެ ކުރިން އީ- މެއިލް ކުރެއްވުން އެދެމެވެ. އަދި  6 އޭޕްރީލް 2025 ވަނަ ދުވަހުގެ 10:00 އަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރީޓީ އެންޑް ޓެކްނޮލޮޖީ/ ވެލާނާގެ 10 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

16 މާރިޗު 2025