މަސައްކަތް
ނަންބަރު: (IUL)444-ESMS/444/2015/16
ޕަބްލިޝްކުރި ތާރީޚް: 11 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 09:52
ސުންގަޑި: 18 އޮގަސްޓް 2015 10:00
ފުވައްމުލަކު މާލެގަން ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުކުރުމިސްކިތް މަރާމާތު ކުރުމާބެހޭ

މާލެގަން ހުކުރުމިސްކިތުގައި ކުރަންހުރި ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 އޮގަސްޓު 2015 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް މާލެގަން ކައުންސިލް އިދާރާގެ މީޓިންގރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 26 އޮގަސްޓު 2015 ވާ ބުދަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށާއި، 10:00 ގެފަހުން އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

އަންދާސީހިސާބު ހުށަހަޅުއްވާނީ ސިޓީއުރައިގެ ބޭރުގައި "ހުކުރުމިސްކިތުގައި ކުރަންހުރި މަރާމާތުތަކުގެ އަންދާސީހިސާބު" މިގޮތަށް ޖައްސަވާފައެވެ. އަންދާސީހިސާބުތައް ހުޅުވުން އޮންނާނީ ކުރިން ދެންނެވުނު ގަޑީގައި މާލެގަން ކައުންސިލް އިދާރާގެ މީޓިންގރޫމުގައި ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

26 ޝައްވާލް 1436

11 އޮގަސްޓް 2015