ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-1A/426/2025/187
ޕަބްލިޝްކުރި ތާރީޚް: 16 މާރިޗު 2025
ޕަބްލިޝްކުރި ގަޑި: 11:49
ސުންގަޑި: 20 މާރިޗު 2025 13:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - މީދޫ 'ފާންތަރި' މަދަޙަ މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވުން

އިޢުލާން

މީދޫ 'ފާންތަރި' މަދަޙަ މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވުން
        1446 ވަނަ އަހަރު ރަމަޟާން މަހުގެ ދުވަސްތައް ރަމަޟާން މަސް އިހުޔާކުރުމާއި، ދީނީ ޝިޢާރު ފާޅުކޮށް ކީރިތި ﷲ އާއި މާތް ނަބިއްޔާ ގެ މައްޗަށް އޮތް ލޯބި އިތުރު ކުރުމުގެ މަޤްޞަދުގައި މީދޫ އަވަށު އޮފީހާއި ޝާޢިރުންގެ ވާދީ ގުޅިގެން "ފާންތަރި" ނަމުގައި މަދަޙަ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

        ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2025 މާރިޗް 20 ވަނަ ދުވަހުގެ 13:00 ގެ ކުރިން ނަން ނޯޓުކުރެއްވުމަށް 7792797 ނުވަތަ 7789041 އަށް ގުޅުއްވުން އެދެމެވެ. ނަންނޯޓު ކުރައްވާ ފަރާތްތަކަށް މުބާރާތުގެ ޤަވާޢިދު ޙިއްސާކުރެވޭނެ ވާހަކަ ދަންނަވަމެވެ.


16 ޝަޢުބާން 1446

16 މާރޗް 2025

16 މާރިޗު 2025