ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)392-ADM/392/2025/13
ޕަބްލިޝްކުރި ތާރީޚް: 16 މާރިޗު 2025
ޕަބްލިޝްކުރި ގަޑި: 11:22
ސުންގަޑި: 26 މާރިޗު 2025 00:00
ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުމަތީގައި ބަހައްޓާފައިވާ ތަކެތި ނެގުމަށް އެންގުން

         މިރަށަކީ އަތޮޅުގެ ވެރިކަންކުރާ ރަށަށްވެފައި، މިރަށުގެ ބަނދަރުމަތި ސަރަހައްދަކީ ކޮންމެ ދުވަހަކުހެން އަތޮޅުގެ އެހެން ރަށްރަށުގެ ވަރަށް ގިނަ ޢަދަދެއްގެ މީހުން އެކި ބޭނުންތަކަށް ރަށަށް އައިސްގޮސް ހަދާ ބަނދަރު ސަރަހައްދުގެ ބޭނުން ކުރާ ރަށެކެވެ. ނަމަވެސް މިހާރަކަށް އައިސް ބައެއް ފަރާތްތަކުން ބަނދަރު ސަރަހައްދުގައި މުދަލާއި ބައުތަކެތި ބަހައްޓަމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ. އަދި އެ ތަކެތީގެ ސަބަބުން ރަށަށް އަރައިފައިބާ މީހުންނާއި، ހިނގާބިނގާ މީހުންނާއި، ދުއްވާ ތަކެއްޗަށް އުނދަގޫ ވާކަމުގެ ޝަކުވާ މިއިދާރާއަށް ދަނީ ލިބެމުންނެވެ.

        ވީމާ ބަނދަރު ސަރަހައްދުގައި އެއްވެސް މީހެއްގެ މުދަލެއްވާނަމަ، މިއަދުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެ އެއްޗެހި ނަގައި ސާފުކުރުމަށް އެތަކެތީގެ ވެރިފަރާތްތަކަށް އަންގަމެވެ. އަދި މި މުއްދަތުގެ ތެރޭގައި ނުނަގައި ހުންނަ ތަކެއްޗަކީ، އެތަކެތީގެ ވެރިފަރާތްތަކުން ބޭނުން ނެތިގެން ދޫކޮށްލާފައިވާ ތަކެތި ކަމަށް ބަލައި، އެ ތަކެތި ނެގުމުގެ މަސައްކަތް މިއިދާރާއިން ކުރިއަށް ގެންދާނެ ވާހަކަ އާންމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.        

16 މާރިޗު 2025