ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
މިއަތޮޅު ކޮނޑޭ މެޖިސްޓްރޭޓު ކޯޓު ހިންގަމުންދިޔަ ޢިމާރާތް މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު މިކޯޓުގެ ނަންބަރު 2015/30/IUL)P2C)ފ(20 ޖުލައި 2015) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅީ އެންމެ ފަރާތަކުންކަމަށްވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ 14:30 އަށް ގއ.ވިލިނގިލީ މެޖިސްޓްރޭޓު ކޯޓަށް ނުވަތަ ގއ.ކޮނޑޭ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 20 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 އަށް ގއ.ވިލިނގިލީ މެޖިސްޓްރޭޓު ކޯޓަށް ނުވަތަ ގއ.ކޮނޑޭ މެޖިސްޓްރޭޓް ކޯޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
28 ޝައްވާލް 1436