ބީލަން
ނަންބަރު: (IUL)415/415/2025/61
ޕަބްލިޝްކުރި ތާރީޚް: 16 މާރިޗު 2025
ޕަބްލިޝްކުރި ގަޑި: 09:06
ސުންގަޑި: 08 އޭޕްރިލް 2025 13:00
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިނަދޫ ސިޓީ ކައުންސިލްގެ އައުއޮފީސް ޢިމާރާތުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ތިނަދޫ ސިޓީ ކައުންސިލްގެ އައުއޮފީސް ޢިމާރާތުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

      ތިނަދޫ ސިޓީ ކައުންސިލްގެ އައު އޮފީސް ޢިމާރާތުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރެވުނު ނަންބަރު (IUL)415/415/2024/279 އިޢުލާނު ބާތިލުކޮށް، އަލުން އިޢުލާނުކުރަމެވެ.

       ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓަރ ކުރައްވާ ހުރިހާ ފަރާތްތަކަށް މެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 08 އޭޕްރިލް 2025 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނުވަތަ މެއިލް [email protected] މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި އިޢުލާނާއި އެކު ރެޖިސްޓްރޭޝަން ފޯރމް އެއްކަރުދާސް ކުރެވިފައިވާނެއެވެ.

            އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 21 އޭޕްރިލް 2025 ވާ ހޯމަ ދުވަހުގެ 11:30 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 

ތާރީޚް

ގަޑި

ތަން

ބީލަމަށް ރަޖިސްޓްރީކުރެއްވުން

13 މާރޗް 2025 އިން 08 އޭޕްރިލް 2025އަށް

08 އޭޕްރިލް 2025 ގެ 13:00 ގެ ކުރިން

ތިނަދޫ ސިޓީ ކައުންސިލް ނުވަތަ އީމެއިލް މެދުވެރިކޮށް

ބީލަން ހުށަހެޅުން

21 އޭޕްރިލް 2025

11:30

ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ މީޓިންގް ރޫމް

16 މާރިޗު 2025