މަސައްކަތް
ނަންބަރު: (IUL)438-PDU/1/2015/99
ޕަބްލިޝްކުރި ތާރީޚް: 13 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 09:20
ސުންގަޑި: 27 އޮގަސްޓް 2015 15:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އޮޓޯކެޑް ޓްރެއިނިންގ ޕްރޮގްރާމް

ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު

އޮޓޯކެޑް ޓްރެއިނިންގ ޕްރޮގްރާމް

މިނިސްޓްރީ އޮފް އެންވެޔަރަންމަންޓް އެންޑް އެނަރޖީއަށް އޮޓޯކެޑް ޓްރެއިނިންގ ޕްރޮގްރާމެއް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މި ތަމްރީނު ޕްރޮގުރާމުގެ މަޤުޞަދަކީ ކަނޑައެޅޭ 06 ފަރާތަކަށް އޮޓޯކެޑް ސޮޕްޓްވެއަރ ބޭނުންކުރުމުގައި އަހުލުވެރިކުރުވުމެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ކޮންސަލްޓެންޓުންނަށް "ރިކުއެސްޓް ފޯރ ޕްރޮޕޯޒަލް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން އަރުވަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް، މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު (ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ކުންފުނީގެ ފަރާތުން ޕްރޮޖެކްޓްގައި ބައިވެރިވާ ފަރާތްތަކުގެ އަދަދާއި ލިބިފައިވާ ތަޢުލީމީ ފެންވަރު އަދި އެހެނިހެން މަޢުލޫމާތު) ހުށަހަޅަންވާނެއެވެ.

މި މަސައްކަތަށް އިންސްޓިޓިއުޓެއް ހޮވުމުގައި ޢަމަލުކުރެވޭނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ނެރުއްވާފައިވާ މާލިއްޔަތު ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓު www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި ކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުވަން ބޭނުންވެއްޖެނަމަ ލިޔުމަކުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ، ޝަރުޠު ހަމަވާ ފަރާތްތަކުން 27 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް "ރިކުއެސްޓް ފޮރ ޕްރޮޕޯޒަލް" ހުށަހެޅުއްވުން އެދެމެވެ.

ވޯޓަރ އެންޑް ސެނިޓޭޝަން ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

މާފަންނު، އަމީނީމަގު،

މާލެ، ދިވެހިރާއްޖެ

13 އޮގަސްޓް 2015