ދިވެހިރާއްޖެ
މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް ބ.ކަމަދޫ އިންޖީނުގޭގެ ވަށާފާރު ރޭނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 އޮގަސްޓު 2015 ވާ ބުދަ ދުވަހުގެ 12:00 އަށް މި ކުންފުނީގެ ހެޑްއޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ބ. ކަމަދޫ ބްރާންޗަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 26އޮގަސްޓު 2015 ވާ ބުދަ ދުވަހުގެ 11:30ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވަންވާނީ މިކުންފުނީގެ ހެޑްއޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ބ. ކަމަދޫ ބްރާންޗަށެވެ.
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
28 ޝައްވާލް 1436