ދިވެހިރާއްޖެ
އިޢުލާނު
މި އޮފީހަށް ބޭނުންވާ ސްޓޯރޭޖް ރެކް ސްޓޭޝަން ވިއްކާނެ ފަރާތެއް ހޯދުން
މި އޮފީހަށް ބޭނުންވާ، މި ދަންނަވާ ސްޓޯރޭޖް ރެކް ސްޓޭޝަން ވިއްކާނެ ފަރާތެއް ހޯދުމަށް 4 މާރިޗު 2025 ގައި ކުރި، މި އޮފީހުގެ ނަންބަރު (IUL)1-CSO(FM)/1/2025/23 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުމަށް ތިން ފަރާތުން ހާޟިރުވެފައި ނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ.
01.nos Synology RS4021XS + Rack Station
މި ތަކެތި ވިއްކުމަށް އެދޭ ފަރާތްތަކުން ބީލަމުގައި ރަޖިސްޓަރީވުމަށް، 2025 މާރިޗު 18 ވާ އަންގާރަ ދުވަހުގެ 10:30 ގެ ކުރިން މި އިޢުލާނުގައިވާ އީމޭލު އެޑްރެހަށް, މިދަންނަވާ މައުލޫމާތު މޭލު ކުރުން އެދެމެވެ. މައުލޫމާތު ފުރިހަމަ ނުވާ, އަދި, މުއްދަތު ހަމަވުމުގެ ފަހުން، ރަޖިސްޓްރީ ވުމަށް ފޮނުވާ އީމޭލުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ކުންފުނީގެ ނަން:
ބިޑު ހުށަހެޅުމަށް އަންނަ ފަރާތުގެ ނަން:
އީ-މޭލު:
ފޯނު ނަންބަރު:
ބީލަމުގައި ރަޖިސްޓްރީ ވުމަށާއި, މައުލޫމާތު ސާފުކުރުމަށް [email protected] އަށް މޭލުކުރުން އެދެމެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2025 މާރިޗު 18 ވާ އަންގާރަ ދުވަހުގެ 10:30 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީ ވުމަށްފަހު، 2025 އެޕްރީލް 7 ވާ ހޯމަ ދުވަހުގެ 10:30 އަށް މި އޮފީހަށް ޙާޟިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. ބީލަމާ ގުޅޭ މައުލޫމާތު ކަރުދާސްތައް މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.
13 ރަމަޟާން 1446